ސުވަރުގެ އެދޭ މީހާ ކޮންމެ ނަމާދެއްގެ ފަހުގަ އާޔަތުލްކުރުސި ކިޔުމުގެ މުހިންމުކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ސުވަރުގެ އެދޭ މީހާ ކޮންމެ ނަމާދެއްގެ ފަހުގަ އާޔަތުލްކުރުސި ކިޔުމުގެ މުހިންމުކަން!

އާޔަތުލްކުރުސި އާއި ބެހޭ ގޮތުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސި ކިޔާ މީހާ ދަންނާށެވެ! މަރުވުން ފިޔަވައި އެހެން ކަމެއް އޭނާ ސުވަރުގެ ވަނުން މަނައެއް ނުކުރެއެވެ."

މިފަދަ ކަންކަމަކީ ސުވަރުގެ އެދޭ މީހާއަށް ވަރަށް ފަސޭހައިން ކުރެވެންހުރި ކަންކަމެވެ! އާޔަތުގެ މާނަވެސް ދަސްކުރައްވާށެވެ! އަދި ދަރިން ނިންދަވާއިއރު ކުރުސި ކިޔައިދެއްވާފަދައިން މާނަވެސް ކިޔައިދެއްވައި ދަސްކޮށްދެއްވާށެވެ! 

އާޔަތުލްކުރުސިއަކީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތެވެ!  

ރޭގަނޑު ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔަވައިފިނަމަ އެމީހަކު ނިދީން ހޭލަންދެން ޝައިޠޯނުންގެ ކިބައިން އޭނާ ސަލާމަތްކުރައްވަވައި ދެއްވަވާނެ މަލާއިކަތަކު ބަހައްޓަވައި ދެއްވަވާނެކަން ވެސް ޙަދީޘްފުޅުން އެނގެއެބައޮތެވެ! 

"ﷲ އީ، އެކަލާނގެ ފިޔަވައި ޙައްޤު ވެގެން އަޅުކަމެއް ވެވޭ އިލާހަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިޛުނަފުޅާ ނުލައި އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: ޚަލްޤް ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ ޢިލްމްފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ ކުރުސީ، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ ޙަޟްރަތަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ." (އަލްބަޤަރާ: 255)

މިއަދު އޮންލައިން