ކޮރޯނާގެ ނުރައްކާ ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވަން ޝައިޚް މުޙައްމަދު މަންޞޫރު ގޮވާލައްވައިފިއެވެ.
ޝައިޚް މަންޞޫރު ވިދާޅުވީ ކޮރޮނާގެ ނުރައްކާ އެއްވެސް މިންވަރަކަށް ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވަން ޖެހޭ ކަމަށެވެ!
"ބައެއް ރަށްރަށަށް އަރާ ފޭބުން މަނާކުރިތާ 3 ހަފްތާއަށްވުރެ ގިނަ ދުވަސް ވެއްޖެ! ސައިހޮޓާތައް ހުންނަނީ ހުޅުވާފަ. ޢާންމު ދިރިއުޅުމެއް އުޅެމުން ގެންދަނީ. މިފަދަ ރަށްތަކުގައި ޖަމާޢަތުގަ ނަމާދުކުރަން އެއްވެސް ހުރަހެއް ނެތް!" ކަމަށް ވެސް ޝައިޚް މަންޞޫރު ވަނީ ވިދާޅުވެފައެވެ.
ކޮރޯނާ ވައިރަސް ގެ އަސަރު އެއްވެސް ވަރަކަށް ނެތި، ޢާންމު ދިރިއުޅުމެއް އުޅެމުންދާ ރަށްރަށުގައި މިސްކިތްތައް ބަންދުކުރުމުން ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.
ބައެއް ރަށްރަށުގައި ދޯންނަކުން މަހަށްދާ މީހުންނާއި ހޮޅުއަށީގައި ތިބޭ މީހުންގެ އަދަދަށްވުރެ މިސްކިތުގައި ނަމާދުކުރާ މީހުންގެ އަދަދު މަދުއިރުވެސް މިސްކިތްތައް ތަޅުލާފައި ބަހައްޓާ ސަބަބާއިމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.