އިސްވެދިއަ ފާފަތައް ފުއްސަވައިދެއްވެވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އިސްވެދިއަ ފާފަތައް ފުއްސަވައިދެއްވެވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތް!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިސްވެދިއަ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވެވުމަކި ހަމަ ކޮންމެ މީހަކަށް ވެސް ހާޞިލުކުރެވެން އޮތް ފުރުޞަތެކެވެ! ލައިލަތުލްޤަދްރިވިލޭރެ ލިބިގެންފި ކޮންމެ މީހެއްގެ ވެސް އިސްވެދިއަހައި ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ! އެކަން ޞަޙީޙް ޙަދީޘްފުޅުން އެގެން އެބައޮތެވެ!

ފުރަތަމަ ކަމަކީ ރަސޫލް (ޞޢވ)ގެ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެކަން އެނގިވަޑައިގެން ހުންނަވައިވެސް ރަސޫލް (ޞޢވ) ވަނީ އެހެން އެއްވެސް އިންސާނަކަށް ނުކުރެވޭހައި ގިނައިން އަޅުކަން ކުރައްވަވައިފައެވެ. ރަމަޟާން މަހުވެސް އަޅުކަން ކުރައްވަވައިފައެވެ. ލައިލަތުލްޤަދްރިވިލެރޭ ލިބިވަޑައިގަތުން އެދިވަޑައިގެން ވެސް މަސައްކަތް ކުރައްވަވައިފައެވެ. 

ތިބާއަށް ކުރެވުނީ ކޮން މަސައްކަތެއް ހެއްޔެވެ؟ ނުވަތަ ކުރީ ކޮން މަސައްކަތެއް ހެއްޔެވެ؟ އުމުރުން މިހައި ތަނަށް އައިއިރު އަމަލުކުރެވުނު ގޮތާއިމެދު އަމިއްލައަށް ވިސްނައިލާށެވެ! އެއިރުން ހަމަ ކޮންމެ މީހަކަށްވެސް ޖަވާބުލިބިގެންދާނެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދި ދެންނެވުން އޮތީ އެކަމެއް ޙާޞިލުކުރުމަށްޓަކައި ތިމާކުރަންޖެހޭ މަސައްކަތްތައްވެސް ކުރުމާއިއެކުގައެވެ. ވީމާ ރަމަޟާން މަހުން ދެން ބާކީ އޮތް ވަގުތުތަކުގައިވެސް ހީވާގިވާށެވެ! ރަމަޟާން މަހުގެ ފައިދާ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ރަމަޟާން މަސް ނިމިގެންދާއިރު ތިމާގެ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވެވުމަށް އެދޭށެވެ! ހުރިހާ ފާފަތަކެއް ފުހެވިގެންދާ އަޅުންގެ ތެރޭގައި ހިމެނުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! 

Nabi صلى الله عليه وسلم Said : "Whosoever performs Qiyam during Lailat-ul-Qadr (Night of Decree), with Faith and being hopeful of ALLAH'S reward, will have his former sins forgiven.'' (Al-Bukhari) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން