ﷲ ގެ އޯގާތެރިވަންތަކަން ދިވެހިންނަށް ބޮޑު! އެންމެ އިންސައްތަ އެއްވެސް ސީރިއަސް ނުވި! ދުޢާކުރުން ގިނަ ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ﷲ ގެ އޯގާތެރިވަންތަކަން ދިވެހިންނަށް ބޮޑު! އެންމެ އިންސައްތަ އެއްވެސް ސީރިއަސް ނުވި! ދުޢާކުރުން ގިނަ ކުރައްވާ!

ރާއްޖޭގައި ކޮރޯނާ ވައިރަސް "ކޮމިޔުނިޓީ ސްޕްރެޑް" ފެތުރެން ފެށުމުން ފުރަތަމަވެސް އިވިގެންދިއައީ އެތައް ހާސް ބައަކަށް ބަލި ޖެހޭނެ ކަމަށާއި އެއިގެ ތެރެއިން އެތައް ގިނަ އިން ސައްތަ މީހުން ސީރިއަސްވެ ނުރައްކާތެރިހާލަތަށް ދާނެ ކަމުގެ ވާހަކަތަކެވެ. 

ނަމަވެސް މިދިއަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލައަކީ މިރޭ ހާމަކުރި ރިޕޯޓަށް ބަލާއިރު 1206 އެވެ. މިރޭ ބުނެފައިވަނީ 104 މީހުންނަށް ޝިފާ ލިބިފައިވާ ކަމަށާއި ފަރުވާދެމުން ގެންދަނީ 1106 މީހުންނަށް ކަމަށެވެ. 

ވީމާ 10އިންސައްތަ ސީރިއަސްވި ނަމަ އައިސީޔޫގައި ފަރުވާދޭން ޖެހުނު މީހުންގެ އަދަދު 120 އަށްވުރެ ގިނަވާނެއެވެ. ނަމަވެސް ތަފާތު ސަބަބުތަކާއި ހުރެ އައިސީޔޫގައި އެކި މަރުހަލާތަކުގައި ފަރުވާ ދެވުނު މީހުންގެ އަދަދު 2 އިންސައްތައަށް ނުއަރާއިރު ވެންޓިލޭޓރުގައި ފަރުވާދޭން ޖެހުނު މީހުންގެ އަދަދު އެންމެ އިންސައްތައަކަށްވެސް ނާރައެވެ! އަދި މަރުވި މީހުންގެ ޖުމުލަ 5 އިންސައްތައަށްވުރެ މަދެވެ. " ރާއްޖެއިން ކޮވިޑް ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ތިން ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުނެވެ" 5 އިންސައްތަ އަށް އަރާނީ ވެސް 6 މީހުން މަރުވި ނަމައެވެ. 

ކޮރޯނާ ރާއްޖޭގައި ފެތުރިގަތްއިރުވެސް ރާއްޖޭގައި 97 ވެންޓިލޭޓަރު ހުއްޓެވެ! މާތް ﷲ ގެ ރަޙްމަތްފުޅުން އަދި މިހައިތަނަށް ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހުނު މީހުންގެ ޖުމުލަ އަދަދު 12 އަށްވުރެ ގިނައެއް ނުވެއެވެ.  

މިއީ ދުނިޔެއަށް ބެލި ނަމަވެސް އަދި މިހައިތަނަށް ބަލީގައި މަރުވި މީހުންގެ މަދުކަމުގައި ރެކޯޑް އަދަދެކެވެ. މިފަދަ ބޮޑު ރަޙްމަތެއް މިންވަރުކުރެއްވެވުމުން އޮތީ މާތް ﷲ އަށް ޝުކުރުވެރިވުމެވެ. ދުޢާކުރުން އަދިވެސް ގިނަކުރުމެވެ! 

މާތް ﷲ ގެ ރަޙްމަތް ދިވެހިންގެ މައްޗަށް އަބަދުވެސް ކިތަންމެހައިވެސް ބޮޑެވެ! ކުރަން އޮތް ކަމަކީ ހަމަ ޝުކުރުވެރިވުމެވެ! މާތް ﷲ ގެ މަގުގައި ސާބިތުވާން ކުރާ މަސައްކަތް އިތުރުކުރުމެވެ! ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ޝުކުރުވެރިވާ އަޅުންނަށް މާތް ﷲ ގެ ނިޢްމަތްތައް އިތުރުކުރައްވަވާނެ ކަމަށެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ މިރޭ ވެސް ވަނީ ދުޢާކުރުން ގިނަކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ގެންދަވަނީ ދުޢާކުރުން ގިނަކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.

މިއަދު އޮންލައިން