ނަރަކައަށް މީހާ ވައްދަވާނީވެސް ގަދައަށް ހުޅުހިފައި އަނދާނެ ކަތުރާނުގެ ފޭރާމުގަ! ބޮލަށް ކެކިކެކި ހުންނަ ހޫނުފެން އޮއްސޭ ޙާލުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ނަރަކައަށް މީހާ ވައްދަވާނީވެސް ގަދައަށް ހުޅުހިފައި އަނދާނެ ކަތުރާނުގެ ފޭރާމުގަ! ބޮލަށް ކެކިކެކި ހުންނަ ހޫނުފެން އޮއްސޭ ޙާލުގަ!

 "ނަރަކައިގެ ނުރައްކާތެރިކަމުގެ ވާހަކަ އަދި ނަރަކައިގެ ތެރޭގައި ނަރަކައިގެ އަހުލުވެރިންނަށް ދެވޭނެ އަޛާބުގެ ވާހަކަ ކީރިތި ޤުރުޢާންގައްޔާއި އަދި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުގައި ވަރަށް ގިނައިން އައިސްފައިވޭ. 

އޭގެ ތެރެއިން އެއްއާޔަތެއްގައި ﷲ ވަހީކުރައްވަވަނީ "އެދުވަހުން، އެބަހީ ޤިޔާމަތްދުވަހުން ކުށްވެރިން އެކުއެކީގައި ކަސްތޮޅު އެޅިފައިވާތަން ކަލޭގެފާނު ދެކިވަޑައިގަންނަވާނެއޭ. އެއުރެންގެ ފޭރާންވާނީ ކަތުރާނުންނޭ. އަދި އަލިފާން އެއުރެންގެ މޫނުމަތިން، އެއުރެންގެ މޫނު މަތީގައި އަލިފާނުގެ އަސަރުތައް ފެންނަން ހުންނާނެއޭ."

އަދި އެހެން އާޔަތެއްގައި ﷲ ވަހީކުރައްވަނީ "ދެންފަހެ ކާފަރުވި މީހުން އަލިފާނުން ހެދުމެއް އެބައިމީހުންނަށްޓަކައި ތައްޔާރުކުރެވޭނެއޭ. އެބައިމީހުންގެ ބޯތަކުގެ މަތިން ކެކިކެކި ހުންނަ ހޫނުފެން އޮއްސާލެވޭނެއޭ." ކޮންފަދަ ނުރައްކާތެރިކަމެއްތޯ؟  

"-- ފަހެ، ކާފިރްވި  މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ." (އަލްޙައްޖު: 19)

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން