ސާމްޕަލް ނެގުން ފަދަ ކަންކަމަށް ހަރަކާތްތެރިވާ އާރްއާރްޓީ ޓީމުތަކުގެ މީހުންނާ ގައިގޯޅި ނުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ކަންކަން އޮޅުން ފިލުވުމަށާއި ފޮޓޯ ނެގުން ފަދަ ކަންކަމަށް ޓިމުތަކުގެ މީހުންނާއި ކައިރިވެ އުޅުމަކީ ނުރައްކާތެރިކަމަކަށްވާތީ އެފަދަ ކަންކަން ނުކުރުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.
ޑރ. މުރާދު ވިދާޅުވީ ލޮކްޑައުންގެ ހާލަތަށް ލުއިދޭން ފެށުމުން ބަލި ޖެހޭ މިންވަރު އތުރުވެދާނެ ކަމަށާއި ނަމަވެސް އެކަން އެނގިގެންދާނީ ދޫދީ އެކަން ތަޖުރިބާކުރަން ފެށުމުން ކަމަށެވެ!