ޔަޤީން ނުކުރެވޭ ކަންކަން އެނގޭކަމަށް ހެދިގެން ވާހަކަ ދެއްކުން ﷲ ވަނީ ނަހީކުރައްވަވާފަ!: އުސްތާޛް ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޔަޤީން ނުކުރެވޭ ކަންކަން އެނގޭކަމަށް ހެދިގެން ވާހަކަ ދެއްކުން ﷲ ވަނީ ނަހީކުރައްވަވާފަ!: އުސްތާޛް ނޫމާން ޢަލީ ޚާން

ތިމާއަށް ނުއެނގޭ ކަންކަން އެނގޭކަމަށް ހެދިގެން ވަކަލާތުކުރުމަކީ ވަރަށް ނުރައްކައުތެރިކަމެކެވެ. އެހެނީ އެކަމަކީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމެކެވެ. އަދި ﷲ ތަޢާލާ ނުރުއްސަވާ ކަމެކެވެ! 

"އަދި ތިބާއަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައިވިއެވެ." (.) އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާއަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމައަށް ދިގުވެގެންވެސް ތިބާއަކަށް ނުދެވޭނެތެވެ. (.) އެ އެންމެހާ ކަންތަކުގެ ތެރެއިން، ނުބައިކަންތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ނުރުއްސަވާ ކަންތައް ކަމުގައިވިއެވެ. (.) (އަލްއިސްރާ: 36،37،38،39) 

އަހަރެމެންނަށް ކަންކަން އެނގޭނީ ﷲ ތަޢާލާ އަންގަވައި ދެއްވެވި ވަރަކަށެވެ! އިތުރަށް އެނގޭ ކަމަށް ހެދިގެން ދެއްކޭ ވާހަތަކުގެ ސަބަބުން މީހާ މަގުފުރެދިގެން ހިނގައިދާނެއެވެ. އަދި އެހެން ބައަކު މަގުފުރެއްދި ކަމުގެ ފާފަވެސް ބޮލުގައި އަޅަންޖެހިދާނެއެވެ! 

މީގެ އިތުރުން ކަންކަން ވާނެ ގޮތް އެނގޭކަމަށް ބުނެ ވާހަކަތައް ނުދައްކާށެވެ! އެހެނީ ކަންކަން ވާނެ ގޮތް ނުވަތަ ޣައިބުގައިވާ ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ ﷲ ތަޢާލާ ދެއްވެވި ޢިލްމުގެ މައްޗަށް އަންދާޒާކޮށްގެން ވާހަކަ ދައްކާނަމަ އަންދާޒާ ކުރެވޭ ސަބަބު ބުނަންޖެހޭނެއެވެ. ހަމަ ހުރެފައި ފެންނަ ގޮތަށް ކަންކަން ބުނެގެންނުވާނެއެވެ. 

ނުބައި ގޮތުގައި ކުރެވޭ އަންދާޒާތަކުގެ ސަބަބުން ވަރަށް ހިތި ނަތީޖާތައް ނުކުމެފައި އެބަހުއްޓެވެ! ބޮޑެތި ގެއްލުންތައް ލިބިފައިވެސް އެބަހުއްޓެވެ! އެތައް ބައަކަށް އެކަމުގެ ނުބައި އަސަރުކޮށްފައިވެސް އެބަހުއްޓެވެ! ވީމާ ތިމާއަށް އެކަންކަމުގެ ފުރިހަމަ މައުލޫމާތު ނެތި ވާހަކަ ދައްކާނަމަ އެކުރެވެނީ ﷲ ތައާލާ ނަހީކުރައްވަވާފައިވާ ކަމެކެވެ. އެފަދަ ކަންކަން ނުކުރުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިއަ އެންމެ ބޭކަލުންނަށް ނަޞޭޙަތްތެރިވަމެވެ. 

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން 

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމިއްލައަށް ފާސްކުރި ޤަވާއިދަކުން ޙިމާޔަތް ހޯދައިގެން މަޖިލީހުގައި ދައްކަމުން ގެންދާ ވާހަކަތަކަށް ބިރުވެތިވާންޖެހޭ މިންވަރާއިމެދު ވިސްނަވައިލައްވާށެވެ!

މިއަދު އޮންލައިން