ގަދަ ކީރިތިވަން ﷲ، ޤިޔާމަތްދުވަހުން އެއްވެސް ތަރުޖަމާނެއްނެތި، ކޮންމެ މީހަކާމެ، ބަސްވަޙީކުރައްވައި، ކޮންމެ މީހަކު ދުނިޔޭގައި ކޮށްފައިވާ ޢަމަލަކާ ސުވާލުކުރައްވައި، އެމީޙެއްގެ ގުނަވަންތަކާއި، ގައިގެ ހަންގަނޑާއި، ބިންގަނޑު އެމީހެއްގެ މައްޗަށް ހެކިދޭދުވަށް ބިރުވެތިވެ، ސަލާމަތްވަމާތޯ؟
إبراهيم بن أدهم رحمه الله އަށް ދެންނެވުނެވެ! މީސްތަކުން މަރަށް ބިރުގަންނަނީ ކީއްވެހޭ؟
ޖަވާބުގައި ވިދާޅުވިއެވެ! "ފައްކާކޮށްފާވާ ތަނަކުން ވީރާނަކޮށްފައިވާ ތަނަކަށް ދާން ބޭނުންވާނީ ކާކުހެއްޔެވެ؟ މީސްތަކުންވަނީ އެމީހުންގެ ދުނިޔެ ފައްކާކޮށް، އާޚިރަތް ވީރާނަކޮށްލާފައެވެ."
"މިއަޅާގެ ދަތިތައް ފިއްލަވައިދެއްވާ، މިއަޅާގެ ބަލިކަށިކަމަށް ރަޙުމުކުރައްވާ، މުޞީބާތްތަކަށް ކެއްތެރިވުމުން މިއަޅާގެ ދަރުމަ މަތިވެރިކުރައްވާ، އަދި، ދުވަހަކުވެސް މިއަޅާ ނިކަމެތިނުކުރައްވާ ކަލަކު، މިއަޅާއަށްވާކަން" ޤަބޫލުކުރަމާތޯއެވެ!
މިފަދަ ޢިބާރާތްތަކުން ﷲ ތަޢާލާއަށް ގިނަގިނައިން ޘަނާ ދަންނަވާށެވެ!
"އޭ އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަސްވަންތަކަމުގެ މަތިވެރިކަމާއި، އިބަރަސްކަލާނގެ ވަޖުހުފުގެ ޖަލާލުވަންތަކަމާއި އެކަށޭނެ އެންމެހައި ޙަމްދު ތަޢުރީފާއި، ޘަނާ އިބަރަސްކަލާނގެއަށް މިލްކުވެވޮޑިގެންވެއެވެ."
- ޝައިޚް މުޙައްމަދު ލަޠީފް