ބޭކަނބަލަކު އޮނަސައްތަ އިސްމްފުޅު ލިޔުއްވައި ކުރެހުމެއް ފުރިހަމަކުރކުރެއްވުމުން ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ. އެކަން ހާމަކުރައްވައި އެކަމަނާ އިއްޔެ ކުރެއްވި ޓްވީޓަށް މިހާރުވެސް ވަނީ 4200 މީހުން ލައިކްކޮށް 873 މީހުން ރީޓްވީޓްކޮށްފައެވެ.
އޮނަސައްތަ އިސްމުފުޅު ކިޔަނީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ 99 ނަންފުޅަށެވެ. އެ ނަންފުޅުތަކާއި ބެހޭ ތަފްޞީލްތައް ދިވެހިބަހުންނާއި އެހެނިހެން ބަސްތަކުން ވަނީ ލިޔެ ޝާއިޢުކޮށްފައެވެ.
ދިނީ ޢިލްމްވެރިން ވިދާޅުވަމުން ގެންދަވަނީ އެ ނަންފުޅުތައް ދަސްކޮށް އެ ނަންފުޅުތަކުން ދަންނަވައި ދުޢާކުރުމަށެވެ.
just finished painting this piece, the 99 names of Allah pic.twitter.com/X55i3DZzUD
— sumaiyyahhh (@sumaiyyahhh) May 26, 2020