ސަމާލުކަން އިތުރުކުރައްވާ! އިއުތިދާލް ދުޢާއިން އިސްވެ ދިއަ ހުރިހާ ފާފަތަކެއް ފުހެލުމުގެ ފުރުޞަތު ލިބިގެންދާކަން ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ސަމާލުކަން އިތުރުކުރައްވާ! އިއުތިދާލް ދުޢާއިން އިސްވެ ދިއަ ހުރިހާ ފާފަތަކެއް ފުހެލުމުގެ ފުރުޞަތު ލިބިގެންދާކަން ޙަދީޘުން!

މާތް ﷲ އެބޭކަލަކަށް ރުއްސުންލެއްވެވި އަބޫ ހުރައިރާގެ އަރިހުންރިވާވެގެންވެއެވެ. 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ!

"އިމާމް މީހާ سمع الله لمن حمده  ކިޔުމުން ތިއަބައިމީހުން " اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ  ކިޔާށެވެ! ތިމާގެ ދުޢާ އާއި މަލާއިކަތުންގެ ދުޢާ އާއި އެކުއެކީ ވެއްޖެ މީހެއްގެ އިސްވެކުރެވުނު އެންމެހައި ފާފައެއް މާތް ﷲ ފުއްސަވައި ދެއްވަވާނެއެވެ!" (ޞަޙީހް މުސްލމް: 617) 

އެއް ޙަދީޘްފުޅެއްގައި ވަނީ އިމާމާ " سمع الله لمن حمده  " ކިޔުމުން " اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ " ކިޔުމަށެވެ! ސަބަބަކީ މަލާއިކަތުންވެސް މިދުޢާ ކިއުއްވައެވެ! އަދި މިއީ މިދުޢާ ކުރުމުގައި ތިމާމެންގެ އަޑާއި މަލާއިކަތުންގެ އަދުފުޅާއި އެކުއެކީ ނުކުމެއްޖެ ނަމަ މާތް ﷲ ތިމާމެންގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެކެވެ. 

އީމާމް މީހާ ކިޔުމުން ފަހަތުގައި ތިބޭ މީހުން ކިޔަން 4 ގޮތެއް ޙަދީޘްފުޅުގައި އެބައޮތެވެ. އެއީ: 

اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ، رَبَّنَا وَلَكَ الْحَمْدُ، ربنا لك الحمد، اللَّهُمَّ رَبَّنَا لَكَ الْحَمْدُ

އެވެ. މިއިން ކޮންމެ ގޮތަކަށް ކީ ކަމުގައިވިނަމަވެސް މި ހަދީޘްފުޅުގައިވާ ފަދައިން ދަރުމަ ލިބިގެންދާނެއެވެ! އިން ޝާ ﷲ

- އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު

ނަމާދުގައި ކުރެވޭ ދުޢާތަކަކީ މިހައި މުހިންމު ދުޢާ ތަކެއް ނަމަވެސް ދޭންޖެހޭ ސަމާލުކަން ނުދީ ބަނދިވަރެއް ފަދައިން އަމުނާލެވެމުންދާކަން އެއީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ނަމާދު ކުރި ނަމަވެސް ނަމާދުން ލިބެންވާ ފައިދާ ޙާޞިލުކުރެވޭނީ މިފަދަ ކަންކަން ދަސްކޮށް ޢަމަލުކުރި މިންވަރަކުންނެވެ.

މިއަދު އޮންލައިން