އެދުޢާގެ އަޑު އިވިވަޑައިގަތުމުން ތިރީހަށްވުރެ ގިނަ މަލާއިކަތުން އެންމެ ކުރިން އެ ދުޢާ ލިޔުއްވެވުމަށް ވާދަކުރެއްވެވި ދުޢާ އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 32ސ
އެދުޢާގެ އަޑު އިވިވަޑައިގަތުމުން ތިރީހަށްވުރެ ގިނަ މަލާއިކަތުން އެންމެ ކުރިން އެ ދުޢާ ލިޔުއްވެވުމަށް ވާދަކުރެއްވެވި ދުޢާ އެނގޭތަ؟

އެދުޢާގެ އަޑު އިވިވަޑައިގަތުމުން 30 އަށްވުރެ ގިނަ މަލާއިކަތުން އެންމެ ކުރިން އެ ދުޢާ ލިޔުއްވެވުމަށް ވާދަކުރެއްވެވިކަން ހަދީޘްފުޅުން ސާބިތުވާ ދުޢާއެއް ވެއެވެ. ވަރަށް ކުރުކުރު ، ކިޔައިން ވެސް އެހައިމެ ފަސޭހަ ދަޢާއެކެވެ. ދުޢާ ކުރަން ބޭނުންވާ މީހާއަށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކިޔުމުގެ ފުރުޞަތުވެސް ފަހިވެގެންވާ ދުޢާއެކެވެ. 

حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ نُعَيْمِ بْنِ عَبْدِ اللَّهِ الْمُجْمِرِ، عَنْ عَلِيِّ بْنِ يَحْيَى بْنِ خَلاَّدٍ الزُّرَقِيِّ، عَنْ أَبِيهِ، عَنْ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ، قَالَ كُنَّا يَوْمًا نُصَلِّي وَرَاءَ النَّبِيِّ صلى الله عليه وسلم فَلَمَّا رَفَعَ رَأْسَهُ مِنَ الرَّكْعَةِ قَالَ ‏"‏ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏"‏‏.‏ قَالَ رَجُلٌ وَرَاءَهُ رَبَّنَا وَلَكَ الْحَمْدُ، حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، فَلَمَّا انْصَرَفَ قَالَ ‏"‏ مَنِ الْمُتَكَلِّمُ ‏"‏‏.‏ قَالَ أَنَا‏.‏ قَالَ ‏"‏ رَأَيْتُ بِضْعَةً وَثَلاَثِينَ مَلَكًا يَبْتَدِرُونَهَا، أَيُّهُمْ يَكْتُبُهَا أَوَّلُ ‏"‏‏.‏

ރިފާޢަތު ބިން ރާފިއުއް ޒަރަޤީގެ އަރިއަހުން ރިވާވެގެންވެއެވެ. ތިމަންމެން އެއް ދުވަހަކު ރަސޫލް (ޞޢވ) ގެ ފަހަތްޕުޅުގައި ނަމާދުކުރީމުއެވެ. އެކަލޭގެފާނު، ރަސޫލް (ޞޢވ) ރުކޫޢުން ތެދުވެވަޑައިގެން "‏"‏ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏"‏‏.‏ މިފަދައިން ކިޔަވައި ވިދާޅުވިއެވެ. ދެން ފަހަތަޕުޅުގައި ހުންނެވި ބޭކަލަކު " 

- رَبَّنَا وَلَكَ الْحَمْدُ، حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، " މިފަދައިން ވިދާޅުވިއެވެ.

(މާނައީ: އަޅަމެންގެވެރި ރައްބުއެވެ. ގިނަގުނަވެގެންވާ، ހެޔޮވެގެންވާ، އަދި ބަރަކާތްތެރިވެގެންވާ ޙަމްދަކުން އިނބަ ﷲ އަށް ޙަމްދު ޘަނާ ދަންނަވަމެވެ)

ނަމާދު ނިމިވަޑައިގެން އެފަދައިން " رَبَّنَا وَلَكَ الْحَمْدُ، حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ،" ވިދާޅުވީ ކާކުތޯ ރަސޫލް (ޞޢވ) ސުވާލުކުރެއްވެވިއެވެ. އެބޭކަލަކު "ތިމަންނާއެވެ" ދެންނެވުމުން ޙަދީޘްފުޅުކުރެއްވެވިއެވެ! "އެދުޢާ ފުރަތަމަ ލިޔުއްވަވާ މަލާއިކަތަކުކަމުގައިވެވަޑައިގަތުމަށް 30 އަށްވުރެ ގިނަ މަލާއިކަތުން ވާދަކުރައްވަވާތަން (އެއް މަލާއިކަތަކަށްވުރެ ކުރިން އަނެއް މަލާއިކަތާ ލިޔުއްވެވުމަށް އަވަސްވެވަޑައިގަންނަވާތަން) ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. 

އަޅުގަނޑުވެސް ނަމާދުގެ އިޢްތިދާލްގައި ކިޔަނީ މި ދުޢާއެވެ! 

- ޝައިޚް އިބްރާހީމް ފަރީދު

މިއަދުނޫހުގައި އިއްޔެ ވާނީ މި ދުޢާގައިވެސް ހިމެނޭ " رَبَّنَا وَلَكَ الْحَمْدُ " ކިޔުމުގެ މާތްކަމާއިބެހޭ ގޮތުން ވެސް ލިޔެފައެވެ. 

ގުޅުންހުރި ލިޔުން: 

މިއަދު އޮންލައިން