ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވެވުން އެދި ސަޖިދައިގަ ކުރެވިދާނެ ދުޢާއެއް! ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވެވުން އެދި ސަޖިދައިގަ ކުރެވިދާނެ ދުޢާއެއް! ޙަދީޘުން!

މާތް ﷲ ރުއްސުންލެއްވެވި އަބޫހުރައިރާގެ އަރިއަހުން ރިވާވެގެންވެއެވެ.

"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދައިގައި މިފަދައިން ދުޢާ ކުރައްވަވަތެވެ.

اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ وَجُلَّهُ أَوَّلَهُ وَآخِرَهُ وَعَلَانِيَتَهُ وَسِرَّهُ

މާނައީ: ޔާ ﷲ! އަޅުގެ ފާފަ ފުއްސަވާނދޭވެ! އެފާފަ މަދުން ކުރެވިފައިވިއަސް އަދި ގިނައިން ކުރެވިފައި ހުރިކަމުގައިނިއަސްމެއެވެ. އަދި އިހާއި ފަހުގެ ފާފަތަކެވެ. ސިއްރާއި ފައުޅުގައި ކުރެވުނު ފާފަތަކެވެ." (ޞަޙީޙް މުސްލިމް: 745)

މިދުޢާގެ މާނައަށް ބަލާއިރު އެމީހަކަށް ގިނައިންނާއި މަދުން ކުރެވިފައިވާ ފާފަތައް ހިމެނިގިގެންވެއެވެ. ކުރިންނާއި ފަހުން ކުރެވިފައިވާ ފާފަތައް ހިމެނިގެންވެއެވެ. ސިއްރާއި ފައުޅުގައި ކުރެވިފައިވާ ފާފަތައްވެސް ހިމެނިގެންވެއެވެ. 

ވީމާ ޖުމުލަގޮތެއްގައި މީހަކަށް ކުރެވިފައިވާ ހުރިހާ ފާފަތަކަށް ޢަފޫ ކޮށްދެއްވެވުން އެދި ދެންނެވުން މިދުޢާގައި މިވަނީ ހިމެނިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން