މިރޭގެ ފަތިސްނަމާދުން ފެށިގެން މަސްޖިދުއްނަބަވީ ހުޅުވައިލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
މިރޭގެ ފަތިސްނަމާދުން ފެށިގެން މަސްޖިދުއްނަބަވީ ހުޅުވައިލަނީ!

މިރޭގެ ފަތިސްނަމާދުން ފެށިގެން މުސްލިމުންގެ 2 ވަނަ ޙަރަމްފުޅު، ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ މިސްކިތްކޮޅު މަސްޖިދުއް ނަބަވީ ޢާންމުކޮށް ހުޅުވުމުގެ ހުއްދަ ސަލްމާން ރަސްގެފާނު ދެއްވައިފިއެވެ.

ހުއްދައިގެދަށުން ހުޅުވައިލެވޭނީ މަސްޖިދުއްނަބަވީގެ 40 އިންސައްތައެވެ. 60 އިންސައްތަ އަދިވެސް ބަންދުވާނެއެވެ. ރައުޟާ އާއި ރަސޫލް (ޞޢވ)ގެ މަޤްބަރާކޮޅު ހުރި ސރަހައްދު އަދިވެސް ބަންދުވާނެއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ގެންދާނީ އިތުރު ސަރަހައްދުތައް ހުޅުވަމުންނެވެ. 

ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދޫލަތައްވެސް ވަނީ ނަގައިފައެވެ. 

މުސްލިމުންގެ 3 ޙަރަމްފުޅުވެސް މިވަގުތު ވަނީ ބަންދުކުރެވިފައެވެ. ފުރަތަމަ ހުޅުވިގެން މިދަނީ މަސްޖިދުއްނަބަވީއެވެ. މުސްލިމުންގެ ދުޢާއަކީ 3 ޙަރްމްފުޅުވެސް ހުޅުވި ހަރަމްފުޅުތަކުގައި ނަމާދުކޮށް އަޅުކަންކުރެވޭނެ ގޮތް ހަމަޖެހުމެވެ.

މިއަދު އޮންލައިން