މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! ނަމަވެސް އެމީހުންގެ ދީނަކީ އިސްލާމް ދިން ނޫން ނަމަ ތަބަޢާވުމެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! ނަމަވެސް އެމީހުންގެ ދީނަކީ އިސްލާމް ދިން ނޫން ނަމަ ތަބަޢާވުމެއް ނެތެވެ!

މިހާރަކަށް އައިސް ބައެއް މީހުން ގާތު ދީނާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކުގައި އެމީހުން ޤަބޫލާ ދިނާއި ބެހޭ ގޮތުން ސުވާލުކުރުމުން އެބަ ބުނެއެވެ. "އަހަރެންނަށް އިސްލާމް ދީން ވަރަށް ކަމުދެއެވެ. ނަމަވެސް މިވެނި ދީނަކަށް އުޅެނީ އެއީ މައިން ބަފައިން އުޅޭ ދީން ކަމަށްވުމުންނެވެ. ނުވަތަ މިވެނި މީހަކު އުޅޭ ދީން ކަމަށް ވުމުންނެވެ." 

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވަނީ "ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި، ދީނަކީ، އިސްލާމް ދީން" ކަމަށެވެ. ވީމާ މައިން ބަފައިން ނަމަވެސް އެހެން މީހަކު ނަމަވެސް އިސްލާމް ދީނާް ޢަމަލުނުކުރާނަމަ އެމީހެއްގެ ދީނަށް އުޅުމަކުން އެއްވެސް ސަލާމަތްކަމެއް ނެތެވެ. 

"އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. 

އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކު ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ ޙަޟްރަތަށް ކިޔަމަންވެ، ރުޖޫޢަވީ މީހުންގެ މަގަށް ތަބަޢަ ވާށެވެ! ދެން ތިއަބައިމީހުން އެނބުރި ރުޖޫޢަވުން ވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިއަބައިމީހުން ކޮށްއުޅުނު ޢަމަލު ތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އަންގަވާހުށީމެވެ." (ލުޤްމާން؛ 14،15) 

ފުރަތަމަ އާޔަތުގައި އެވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތަން ވަޞިއްޔަތް ކުރައްވައިފައެވެ. ހަމަ އެއާއިއެކު 2 ވަނަ އަޔަތުގައި ވަޙިކުރައްވަވާފައި އެވަނީ "އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކު ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަން ނުވުމަށް" އަމުރުފުޅު ކުރައްވަވައިފައެވެ. 

ހަމަ އެއާއިއެކު ވަޙީކުރައްވަވާފައި އެވަނީ ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅުމަށާއި  އަދި ﷲ ތަޢާލާއަށް ކިޔަމަންވެ، ރުޖޫޢަވީ މީހުންގެ މަގަށް ތަބަޢަ ވުމަށެވެ. 

ވީމާ އެއްވެސް އޮޅުމެއް ނެތް ގޮތުގައި އެނގިގެން މިދަނީ ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއްގައި މައިންބަފައިންނަށް ކިޔަމަންތެރިވެގެން އާޚިރަތް ނުލިބޭނެ ކަމެވެ. ޢާޚިރަތް ލިބުން އޮތީ ﷲ ތަޢާލާގެ ދީނުގައި ސާބިތުވެގެންކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން