ﷲ ގެ ރަޙްމަތަށް އިންތިހާއަށް ބޭނުންވެފައިވާއިރު ރަޙްމަތަށް އެދި މިފަދަ ދުޢާ ކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ﷲ ގެ ރަޙްމަތަށް އިންތިހާއަށް ބޭނުންވެފައިވާއިރު ރަޙްމަތަށް އެދި މިފަދަ ދުޢާ ކުރުން ގިނަކުރާށެވެ!

މުޅި ދުނިޔެ މިވަނީ ވަރަށް ނިކަމެތި ޙާލަތުގައެވެ. ﷲ ތައާލާގެ ރަޙްމަތަށް އިންތިހާއަށް ބޭނުންވެފައެވެ. މުސްލިމުންނަށް އޮތީ ރަޙްމަތަށް އެދި ގިނަގިނައިން ދުޢާކުރުމެވެ! 

رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް ރަހްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ، ރަޙްމަތްލައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ." (އަލްމުއްމިނޫން: 109) 

ދުޢާ ކުރުމުގައި ބަލަންވީ ކޮންމެ ފަހަރަކު ދިގު ދުޢާއެއް ހޯދައިގެން ކިޔުމަކަށް ނޫނެވެ! ކިތަންމެ ކުރު ދުޢާއެއް ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ގިނަގިނައިން ދުޢާކުރުމެވެ! ރަޙްމަތަށް އެދި މިފަދައިން ވެސް ދުޢާކުރާށެވެ! 

رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ 

މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! ފާފަފުއްސަވައި ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ، ރަޙްމަތް ލައްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ." (އަލްމުއްމިނޫން: 118) 

މިފަދަ ދުޢާތައް ހިތުދަސްކުރައްވާށެވެ! އަދި ގިނަގިނައިން ކުރައްވާށެވެ! ﷲ ތައާލާގެ ރަޙްމަތަށް އެދި ގިނަގިނައިން ދުޢާކުރާ މީހަކަށް ރަޙްމަތް ލައްވަވައި ރަޙްމަތް އިތުރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން