ތެދުމަގު ނުފެނިދާނެތީ ކަންބޮޑުވުމެއް ނެތެވެ! ޝަރުޠު ފުރިހަމަކުރި ކޮންމެ މީހަކަށް ތެދުމަގު ދައްކަވާނެކަން ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތެދުމަގު ނުފެނިދާނެތީ ކަންބޮޑުވުމެއް ނެތެވެ! ޝަރުޠު ފުރިހަމަކުރި ކޮންމެ މީހަކަށް ތެދުމަގު ދައްކަވާނެކަން ޤުރްއާނުން!

ބައެއް މީހުންގެ ޙަޔާތުން ބައެއްގައި ނުވަތަ ދުވަސްތަކެއްގައި ފާފަކުރެވުމުން ދެން އެމީހަކަށް ﷲ ތަޢާލާ ތެދު މަގު ނުދައްކަވައިފާނެ ކަމަށް ޤަބޫލުކޮށް މާޔޫސްވެއެވެ. އަދި އެމާޔޫސްކަމުގައި ފާފަކުރުންމަތީގައި ޙަޔާތުގެ ދެން އޮތް ބައިވެސް ހޭދަކޮށްލައެވެ. 

ނަމަވެސް މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ﷲ ތަޢާލާއަށް އީމާންވާ މީހާއަށް ތެދުމަގު ދައްކަވާނެކަން ﷲ ތަޢާލާ ވަނީ ވަހީކުރައްވަވައިފައެވެ. 

"ﷲ ގެ އިޛްނަ ފުޅަށްމެނުވީ، އެއްވެސް މުޞީބާތެއް ނުޖެހެއެވެ. އަދި ﷲ އަށް އީމާންވާ މީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. ﷲ އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްތަޣާބުން: 11) 

ވީމާ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވުންކަން މިއާޔަތުން އެނގިގެން އެބަދެއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ހުންނަ މީހަކަށް ﷲ ތަޢާލާ ތެދުމަގު ދައްކަވާނެކަން ﷲ ތަޢާލާ އެވަނީ ބަޔާންކުރައްވަވައިފައެވެ. 

އޮތީ ހަމައެކަނި އެންމެ ޝަރުޠެކެވެ. އެ ޝަރުޠަކީ ﷲ ތަޢާލާއަށް އީމާންވުމެވެ. " އަދި ﷲ އަށް އީމާންވާ މީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ." ހަމަ އެކަނި ތިމާ އީމާންވެއްޖައިން ކަމަށް ބުނެލުމަކުން ނުފުދޭކަމާއި އިޚްލާޞްތެރިކަމާއިއެކު އީމާންވާންޖެހޭކަން އެނގިގެންދެއެވެ. " ﷲ އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ވަޙި ކުރައްވަވާފައި އޮތުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން