ހިތް އަލިވެ، ޤުރްއާނާ އެހެނިހެން ތަކެތި ފަސޭހައިން ހިތުދަސްކުރެވި ހިތުގައި ހަރުލައްވަން ބެނުންވާ މީހުންނަށް ޚާއްޞަ ހަދިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ހިތް އަލިވެ، ޤުރްއާނާ އެހެނިހެން ތަކެތި ފަސޭހައިން ހިތުދަސްކުރެވި ހިތުގައި ހަރުލައްވަން ބެނުންވާ މީހުންނަށް ޚާއްޞަ ހަދިޔާއެއް!

އަޅުގނޑުމެން ޢާންމުކޮށް ބުނެ އުޅޭ ގޮތަށް ނަމަ ހިތުގެ ތޫނުކަން ނުވަތަ ހިތުދަސްކުރުމުގެ ބާރު އެކި މީހުންނަށް ﷲ ތައާލާ ދެއްވަވާފައިވަނީ އެކި މިންވަރަށެވެ. އެހެންކަމުން ހިތް އަލިކޮށްދެއްވަވައި ހިތުދަސްކުރަން ފަސޭހަކޮށްދެއްވަވައި އަދި ދަސްކުރާ ތަކެތި ހަނދާން ނުނެތި ހިތުގައި ހަރުލާނެ ގޮތް މިންވަރުކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަން ޖެހެއެވެ. 

އެންމެންނަށް ގޭގައި ތިބެން ޖެހިފައިވާ މިފަދަ ވަގުތަކީ ކީރިތި ޤުރްއާނުން ވީހައި ގިނަ އާޔަތް، ސޫރަތް ހިތުދަސްކުރަން މަސައްކަތްކުރަންވީ ވަގުތެވެ. ޛިކުރުތަކާއި އެނޫންވެސް އެފަދަ ތަކެތި، ޚާއްޞަކޮށް ނަމާދުގައި ކިޔާތަކެތީގެ މާނަ ހިތުދަސްކުރަން ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. 

ވީމީ މިބަޔާން ކުރަނީ ހިތް އަލިކޮށްދެއްވަވައި ހިތުދަސްކުރަން ފަސޭހަކޮށްދެއްވަވައި އަދި ދަސްކުރާ ތަކެތި ހަނދާން ނުނެތި ހިތުގައި ހަރުލާނެ ގޮތް މިންވަރުކޮށްދެއްވެވުން އެދި ގިނަގިނައިން ކުރަން ހުރި ބައެއް ދުޢާއެވެ. 

رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي اَمْرِي وَاحْلُلْ عُقْدَةً مِنْ لِسَانِي يَفْقَهُوا قَوْلِي

"އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ!

އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ!

އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!)

އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ."

(ޠާހާ: 25،26،27،28)

رَبِّ زدْنيِ عِلْماً وَ رْزُقْنيِ فَهْماً 

އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމް އިތުރުކޮށްދެއްވާނދޭވެ! އަދި މިއަޅާއަށް ދޭހަވުން އިތުރުކޮށްދެއްވަވާނދޭވެ!

ޢަބްދުﷲ ބިން މަސްއޫދު (ރޢ) ކުރެއްވެވި ދުޢާ: 

اللَّهُمَّ زِدْنِي إِيمَانًا وَيَقِينًا وَفَهْمًا

"ޔާ ﷲ! މިއަޅާއަށް އީމާންކަމާ ޔަޤީންކަމާ ދޭހަވުން އިތުރުކޮށްދެއްވަވާނދޭވެ!" 

އަހަރެމެންނަށް އެނގުން ވަނީ ﷲ ތަޢާލާ އަނގަވައި ދެއްވެވި ކަމެއް އަނގަވައި ދެއްވެވި މިންވަރަކަށެވެ! އެކން އެނގިގެންދަނީ ހުރިހާ މަލާއިކަތް ބޭކަލުން ﷲ ތަޢާލާއަށް ދެންނެވި މި ބަސްފުޅުންނެވެ.  

سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ

"އިބަރަސްކަލާނގެ ހުސްޠޯހިރު ވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމް ވަންތަ ރަސްކަލާނގެއެވެ." (އަލްބަޤަރާ: 32)

އަދި މިއީ ކޮންމެ މީހަކަށް ވެސް ﷲ ތަޢާލާއަށް ދެންނެވިދާނެ ޢިބާރާތެކެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ﷲ ތަޢާލާ އުނގަންނަވައިދެއްވެވި އެއްޗެއް މެނުވީ، އެއްވެސް އެނގުމެއް ނުވެއެވެ. ނުއެނގޭނެއެވެ.

- މަޢުލޫމާތު: ޝައިޚް އިބްރާހީމް ފަރީދު

 

މިއަދު އޮންލައިން