ގިނަ ބައަކު ނެތިމޮށެ، ޣީބަ ބުނެމީހުންގެ އަބުރު ކައިތިލައިޟިހުންގެ ޙައްޤުތަކަށް އަރައިގަނެ އެނޫންވެސް ބޮޑެތި ޖަރީމާތައް ހިންގުން ފަދަ ކަންކަން ކުރަނީ ކޮންމެވެސް ސިއްރު ނަމެއްގައި ފިލައި ތިބެއެވެ.
އެގޮތަށް އެކަންކުރާ އެބައެއްގެ ހުރި މޮޔަކަމުގެ ބޮޑުކަމާއެވެ! ތިބާގެ ނަމަކީ ހިސާބު އަދަދުން 23 ކަމަށް ހެދިގެން ސޯޝަލްމީޑިއާގައި ލިޔަމުންދިއަ ނަމަވެސް ތިބާގެ ޢަމަލުތައް ލިޔުއްވަވާ މަލާއިކަތް ބޭކަލުން ފަތުގައި ލިޔުއްވަވާނީ 23 އެއް ނޫނެވެ.
މިސާލަކަށް މިވެނި ޢަބްދުﷲ އެއްގެ ދަރި މިވެނި މީހަކު 23 ގެ ނަމުގައި މިވެނި އެވެނި ނުބައި އަމަލުތައް ސޯޝަލް މީޑިއާގައި ކުރިކަމަށެވެ! މިވެނި އެވެނި މީހެއްގެ އަބުރު ކަތިލި ކަމަށެވެ. މިވެނި މީހަކަށް ދޮގު ބުނެ މަކަރު ހެދިކަމަށެވެ. މިވެނި ބަރަހަނާ އަމަލެއް ކުރި ކަމަށެވެ.
ސޯޝަލް މީޑިއާގައި ތިބާ ލިޔުނު އެންމެ އަކުރެއްވެސް ނުލިޔާ ކަމަކަށް ނުހެދޭނެއެވެ! ޖެހޭނީ ހަމަ ހުރިހާ ކަމަކަށް ޖަވާބުދާރީވާށެވެ! އަޞްލު ނަން އޮޅުވައިލުމަކީވެސް ހެދޭ މަކަރެކެވެ. އެމަކަރުގެ ތެރެއިން ކުރެވޭ ކޮންމެ ނުބައި ކަމެއް ވެގެންދާނީ ކުރެވޭ ހަމަ އިތުރު ފާފައަކަށެވެ.
މިސާލަކަށް ތިބާގެ ނަމަކީ މުޙައްމަދު ޢަލީކަމަސްވެދާނެއެވެ. ގިބީ މޮޑެސްގެ ނަމުގައި އައިޑީއެއް ހެދުމަކީ އޮޅުވައިލުމެކެވެ. ޖިންސު އޮޅުވާލުމަކީ ހެދޭ މަކަރެކެވެ. އުމުރު އޮޅުވާލުމަކީ ހެދޭ މަކަރެކެވެ. ފޮޓޯ އޮޅުވައިލުމަކީ ހެދޭ މަކަރެކެވެ. މިހުރިހާ މަކަރެއް ހަދައި އެކަންކަމުގެ ފާފަތައް ލިބިގަންނަމުން އެ އައިޑީން ދެން ކުރާ މަކަރުވެރި ކަންކަމާ އުފައްދާ ފިތުނައިން ސަލާމަތްވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟
ހަމަހިލާ ނުވެވޭނެއެވެ. ތިބާ ދުނިޔެއަށް އުފަންވުމަށްޓަކައި މައިމިހާގެ ބަނޑުގައި އަށަގަންނަ ހިނދުން ފެށިގެން ތިބާގެ އައިޑީ އެވަނީ ރަޖިސްޓްރީވެފައެވެ. ކުރާ އެއްވެސް ކަމެއް އަދި ބުނާ، ލިޔާ އެންމެ ބަހެއްވެސް އޮޅުވައެއްނުލެވޭނެއެވެ! ޖެހޭނީ ހަމަ ޖަވާބުދާރީ ވާށެވެ! ވީމާ މިކަންކަމަށް ފުރިހަމަގޮތުގައި ވިސްނައި ރައްކައުތެރިވެ ނަރަކައިން މިންޖުވުމަށްޓަކައި މަސައްކަތްކުރަން ވަޞިއްޔަތް ކުރަމެވެ.
- ޝައިޚް ޙަމްޒާ ޔޫސުފްގެ ދަރުސަކުން