ޔާ ﷲ! ކުރިމަތިވެދާނެ ޙާލަތެއް ނުއެނގި ހާސްވުމާއި ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައި ދުވަސްތައް ހޭދަކުރަންޖެހިފައިވާ މިފަދަ ވަގުތެއްގައި އަޅަމެންގެ އީމާންކަން ސާބިތުކަންމަތީގައި ވަރުގަދަކޮށްދެއްވަވާނދޭވެ!
އަދި މިފަދަ ވަގުތެއްގައި އަޅަމެންގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ ފުރިހަމަ ވިސްނުން އަޅަމެންނަށް މިންވަރުކޮށްދެއްވަވާނދޭވެ! ނުބައި ވަސްވާސްތަކާއި ޝައްކުތަކުން ސަލާމަތްވެ ތިބެ ރަނގަޅު މަގުން ޢަމަލުކުރުމުގެ ތައުފީޤް އަޅަމެންނަށް ދެއްވަވާނދޭވެ!
މިޙާލަތުގައިވެސް އަދި ހުރިހާ ހާލަތެއްގައި ވެސް އެންމެހައި ކަންކަމުގެ ހުރިހާ ބާރުވެރިކަމެއް، ހުރިހާ ކޮންޓްރޯލެއް ވަނީ އިނބަ ރަސްގެލާނގެ ޙަޟްރަތުގައިކަން އަޅަމެން ފުރިހަމައަށް ޤަބޫލުކުރަމުއެވެ."
- މުފްތީ މެންކް
އަދިވެސް މުފްތީ މެންކް ވިދާޅުވެފައިވެއެވެ!
"މީސްތަކުންނަށް ކުރިމަތިކުރައްވަވާ ތަކްލީފް، އިމްތިޙާން މީސްތަކުން ހީކުރާވަރަށްވުރެ ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. ހިތްވަރު ދޫކޮށްނުލާށެވެ! ކުރިމަތިވެފައިވާ ހާލަތާއިގެން ސާބިތުކަމާއިއެކު ކުރިއަށް ދިއުމުގެ ހިތްވަރު ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރާށެވެ!
އުންމީދު ކަނޑައިލުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އުންމީދު ކަނޑައިލުމަކީ އެއްވެސް ކަމަކަށް އޮންނާނެ ޙައްލެއް ނޫނެވެ. މުހިންމީ އިމްތިޙާނު ނިމެންދެން އިމްތިޙާނުގައި ސާބިތުވުމެވެ. އެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ކެތްތެރިވާށެވެ! ޙާލަތުން އަރައިގަނެވުން އޮތީ ހަމަ ދާދިގާތުގައެވެ! އިން ޝާ ﷲ"
- މުފްތީ މެންކް