ދެމަފިރިން ނަމަވެސް އެކަކު އަނެކަކަށް މާފުކުރުން ގިނަކުރުމަކީ ސުވަރުގެ ލިބެން އޮތް މަގެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދެމަފިރިން ނަމަވެސް އެކަކު އަނެކަކަށް މާފުކުރުން ގިނަކުރުމަކީ ސުވަރުގެ ލިބެން އޮތް މަގެކެވެ!

ދެމަފިރިން ނަމަވެސް އެކަކު އަނެކަކަށް މާފުކުރުން ގިނަކުރުމަކީ ސުވަރުގެ ލިބެން އޮތް މަގެކެވެ! އެކަން އެނގިގެންދަނީ އަންނަނިވި 2 އާޔަތުންނެވެ! 

"އަދި، ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް ތިއަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ". (އާލްޢިމްރާން: 133) 

"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްޞާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލްޢިމްރާން: 134) 

ފުރަތަމަ އާޔަތުގައި ވަޙީކުރައްވަވާފައި އެވަނީ ތިއަބައިމީހުންގެ ވެރި ﷲ ތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް އަވަސްވެގަތުމަށެވެ. އަދި އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށް ކަމަށެވެ. 

ދެވަނަ އާޔަތުގައި އެވަނީ ތަޤްވާވެރިންނަކީ ކޮންބައެއް ކަމެވެ. ތަޤްވާވެރިންގެ ބައެއް ސިފަތަކެވެ.

ތަޤްވާވެރިންނަކީ ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އަދި، ރުޅި މަތަކޮށް ހިފަހައްޓާ އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އަދި މިފަދަ މީހުންނަކީ އިޙްޞާންތެރިން ކަމާއި އިޙްޞާންތެރިންދެކެ ﷲ  ލޯބިވެވޮޑިގަންނަވާ ކަމަށެވެ. 

ކޮންމެ ދެމަފިރިއަކުން ވިސްނައިލަންވީ ހިތްހަމަ ނުޖެހޭ ކަންކަން މެދުވެރިވި ނަމަވެސް ރުޅި އިސް ނުކުރުމަށެވެ. ރުޅި ކޮންޓްރޯލްކޮށް މައިތިރިކުރުމަށެވެ. ހަމަ އެއާއިއެކު އެކަކު އަނެކަކަށް ގިނަގިނައިން މާފުކުރުމަށެވެ! 

އެއިރުން ﷲ ތަޢާލާގެ ވާގިފުޅާއިއެކު މި އާޔަތްތަކުގައިވާފަދަ ބައަކު ކަމުގައި ވެވި ސުވަރުގެ ލިބުމަށް އެދަނީ މަގުފަހިވެގެންނެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން