"ޓެންޝަން ފްރީ" ޒަވާޖީ ހަޔާތެއް ބޭނުންތަ؟ މި ފޯމިޔުލާއަށް އަމަލުކޮށްފި ނަމަ ކައިވެނީގަ އުފާވެރިކަން ނޫން ދެވަނަ ކަމެއް ނެތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
"ޓެންޝަން ފްރީ" ޒަވާޖީ ހަޔާތެއް ބޭނުންތަ؟ މި ފޯމިޔުލާއަށް އަމަލުކޮށްފި ނަމަ ކައިވެނީގަ އުފާވެރިކަން ނޫން ދެވަނަ ކަމެއް ނެތް! އިން ޝާ ﷲ

"ފުރަތަމަ ކަމަކަށް ތިބާ އަހުރެންގެ ކިބައިން އެދޭ ކަންތައްތަކާއި ތިބާ ލޯބިކުރާ ކަންކަން އަހުރެންނަށް ބުނެދޭށެވެ! ތިބާއަށް އަހުރެންނަށްވުރެ މާ ރީތި އަނބިންވެސް ލިބިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ މިންވަރު ކުރެއްވެވީ އަހަރެމެން ދެ މީހުން އެކުގައި އުޅުމަށެވެ. 

ވީމާ އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމެވެ. ނުއުޅެވޭ ވަގުތެއް އަތުވެއްޖެނެވެ. ﷲ ތައާލާގެ ވަހީ ބަސްފުޅުގައިވާ ފަދައިން ޢަމަލުކޮށްދޭށެވެ! " ދެންއޮތީ ހެޔޮގޮތުގައި (އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެކަނބަލުން) ދޫކޮށްލުމެވެ." (އަލްބަޤަރާ: 229)

100 އިންސައްތަ "ޓެންޝަން ފްރީ" ޒަވާޖީ ހަޔާތެއް 20 އަހަރު ދުވަހު ހޭދަކުރެއްވި ފަނޑިޔާރު ޝައިޚް ޝުރައިޚުގެ ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރައްވާށެވެ! އެނގިގެންދަނީ ކާމިޔާބު ކައިވެނީގެ ފޯމިޔުލާއަށް އަމަލުކޮށްފި ނަމަ މާތް ﷲ ގެ ވާގިފުޅާއިއެކު ކައިވެނީގައި އުފާވެރިކަން ނޫން ދެވަނަ ކަމެއް ނެތެވެ!  

ފުރަތަމަ ކަމަކީ ވެސް ހަމަ 2 ރަކްޢަތް ނަމާދެވެ. ތަޤްވާވެރިވެ ދެމަފިރިން ވެސް ރޭއަޅުކަމާއި އެނޫންވެސް އަޅުކަންކުރުން ގިނަ ކުރުމެވެ. 2 ވަނަ ކަމަކީ އެކަކު ނުރުހޭ ކަންކަންއަނެކާއަށް އަނގައި ދިނުމާއި އެކަކު ނުރުހޭ ކަންކަން އަނެކަކު ވެސް ނުކުރުމާއި ދެމީހުންވެސް އެކަކު ރުހި، ލޯބިކުރާ ކަންކަން އަނެކަކު ކުރުމެވެ.  

3 ވަނަ ކަމަކަށް ކުރަންޖެހޭ ކަމަކީ މޯބައިލް ފޯނު އަތުން ދޫކޮށްލައި އަނބި މީހާ ފިރިމީހާ އާއިއެކު އަދި ފިރިމިހާ އަނބިމީހާ އާއިއެކު، އަދި ދެމަފިރިންވެސް ދަރިންނާއިއެކު ކޮންމެ ދުވަހަކުވެސް ވަގުތު ހޭދަކުރުމެވެ.  

- މައުލޫމާތު: ޝައިޚް އިލްޔާސް ޙުސައިން  

ގުޅުންހުރި ވީޑިއޯ: 

މިއަދު އޮންލައިން