ރަސޫލުﷲ ސައްލަﷲ އަލައިވަސައްލަމައަށް އެންމެ ފުރަތަމަ ވަހީ ބާއްވާލެއްވުނު ދުވަހު އެހާދިސާއަށްފަހު އެކަލޭގެފާނު (ޚަދީޖަތުގެފާނުގެ ގަނޑުވަރަށް) ވަޑައިގެން އެވާހަކަ ވިދާޅުވެދެއްވީ އުއްމު ޚަދީޖާ ރަޟިއަﷲ އަންހު އަށެވެ. އެކަމަނާ އެންމެ ފުރަތަމަ ވެސް ވިދާޅުވީ ކީކޭކަމަށްތޯއެވެ؟
"މާތް ﷲ ގަންދީ ހުވާއޭ ކަލޭގެފާނަށް މާތް ﷲ ދެރަގޮތެއް މިންވަރެއް ނުކުރައްވާނެއޭ! ކަލޭގެފާނަކީ ތިއީ ރަހިމުގެ ގުޅުން ދަމަހައްޓަވާ ބޭކަލެކޭ! އާއިލީ ގުޅުން ދަމަހައްޓަވާ ބޭކަލެކޭ! ކަލޭގެފާނަކީ މުސީބާތްތައް ޖެހިފައިވާ މީހުންނަށް އެހީތެރިވެވަޑައިގަންނަވާ ބޭކަލެކޭ! ކަލޭގެފާނަކީ ނިކަމެތިންނަށް އަޅާލައްވާ ބޭފުޅެކޭ! އެންމެ ތެދުވެރި އަމާނާތްތެރި ސާހިބާއޭ."
ޚަދީޖަތުގެފާނުގެމި ބަސްފޫލުތަކުން އެނގިގެންދަނީ އެހައިތަނަށް އެކަމަނާ އަޑުފުޅުވެސް އައްސަވާފައި ނުވާ ޒާތުގެ ވާހަކަފުޅެއްވެސް ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރެއްވެވުމުން އިތުރު އެއްވެސް ސުވާޤލެއްވެސް ނެތި ޤަބޫލުފުޅު ކުރެއްވެވީ ރަސޫލް (ޞޢވ) ގެ ހަރުދަނާ ޝަކްޞިއްޔަތުގެ ސަބަބުން ކަމެވެ.
އެހެންވީމާ ކީރިތި ޤުރުޢާނުގައިވެސް ބަޔާންކުރައްވާފައިވަނީ "ކަލޭގެފާނުވަނީ ހަމަކަށަވަރުންވެސް މަތިވެރި އަޚްލާޤެއްގެ މަތީގައޭ. ކަލޭގެފާނު ނުފޮނުއްވަމޭ އާލަތްތަކަށް ރަހުމަތެއްކަމުގައި މެނުވީ."
"ނަޒަރިއްޔާތު" ޕްރޮގްރާމްގައި ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން:
ކާމިޔާބަށް ވާސިލްވާން ބޭނުންވާ މީހާއަކީ އެއީ ރަނގަޅު ތަބީއަތެއް ހުރި މީހަކަށްވާންޖެހޭނެ. ރަނގަޅު ތަބީއަތެކޭ އަޅުގަނޑު މިދަންނަވަނީ ކޮންކަމެއް. ރަނގަޅު ތަބީއަތަކީ އެއީ ހިތްހެޔޮކަމާއި ރަނގަޅު ހުލުޤާއި އަނެއް މީހުންގެ އިހްސާސްތައް ދަންނަ މީހަކަށްވާންޖެހޭނެ. އަނެއް މީހުންނާމެދުގައި އޯގާތެރި މީހަކަށްވާންޖެހޭނެ.
ދުނިޔޭގެ ހަޔާތް ކާމިޔާބީގެ ހަމަޔަށް ވާސިލްވެފައިވާ މީހުން ދަންނަ ކޮންމެ ލީޑަރަކީވެސް އެއީ އަނެކުންނާމެދުގައި އިހްސާންތެރިކަމެއް އަނެއްމީހުން އޭނާއަކީ އެއީ ތިމަންނާމެންނަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި ބަލައިގަނެފައިވާ މީހެއް. އެއީ ކާމިޔާބީގެ ޝަހްސިއްޔަތު ހުންނަ މީހަކީ.
އެއީ މުސްލިމުން ކަމުގައި ވިޔަސް، މުސްލިމުންނޫންކަމުގައި ވިޔަސް. މިސާލަކަށް އިންޑިޔާގެ ބާނީ، މަހާތުމަ ގާންދީ އެބޭފުޅާއަކީ ދުނިޔޭގެ ހުރިހާ ދީންތަކެއްގެ މީހުން އެބޭފުޅާއަށް ނުހަނު އިހްތިރާމްކުރާ ބޭފުޅެއް. އަދި އެބޭފުޅާއަކީވެސް ދުނިޔޭގެ އެހެން ދީންތަކުގެ މީހުންނާ އެންމެހައި ސަގާފަތްތަކުގެ މީހުންނާމެދުގައި އިހްތިރާމްކުރަނިވި ނަޒަރަކުން ބެއްލެވި ބޭފުޅެއް. އެހެންވީމާ ދުނިޔޭގެ ހަޔާތުގައި އިންސާނުން ދެކިފައިވާ މުހިއްމު ޝަހްސިއްޔަތު ތަކުގެ ތެރޭގައި މަހާތުމަގާންދީ ހިމެނިގެން ދިޔަ.
ބިލްގޭޓްސް، އޭނާއަކީ އެނާގެ ތައުލީމީ ހަޔާތުގައި އޭނާ ކިޔައިދީފާނެ އެކިއެކި ވާހަކަތައް. އޭނާ ޔުނިވަރސިޓީ ދޫކޮށްލަން ޖެހުނުކަމާއި އޭނާއާ އެކު ކިޔަވަން އުޅުނު މީހަކު މިހާރު އެއީ އޭނާގެ ކޮމްޕެނީގެ ސީއޯ ކަމާއި އޭނާއަކީ ކޮމްޕެނީގެ އޯނަރު ކަމަށް.
އެހެންވީމާ ހަޔާތުގެ އެކިއެކި މަރުހަލާތަކުގައި ކުއްޖަކު ސްކޫލުންވެސް ކަނޑައިގެން ހިނގައިދާނެ. ނުކިޔަވާވެސް ހިނގައިދާނެ. ކްލާހުގައި އެންމެ ފަހުން އިންނަ މީހާއަކީވެސް އެއީ މާކާމިޔާބު ލީޑަރަކަށްވެސް ވެދާނެ. އެހެންވީމާ އެއްވެސް މީހަކީ އެއީ ނާކާމިޔާބީ ވާނެ މީހެއްނޫން. އެމީހާ ކާމިޔާބު ބޭނުންވާ ހިނދެއްގައި އޭނާއަކީ ކާމިޔާބު މީހަކަށް ވެވޭނެ. އޭނާއަކީ ކިޔެވުމުގައިވެސް ކާމިޔާބީ މީހަކަށް ވެވޭނެ. ޒަވާޖީ ހަޔާތުގައިވެސް ކާމިޔާބު މީހަކަށް ވެވޭނެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކާމިޔާބު މީހަކަށް ވެވޭނެ. ވަޒީފާގެ ހަޔާތުގައިވެސް ކާމިޔާބު މީހަކަށްވެވޭނެ. މިހުރިހާ ދާއިރާއެއްގައިވެސް ކާމިޔާބު މީހަކަށް ވެވޭނެ. ބޭނުންވަނީ އަޒުމް.
އެހެންވީމާ އިންސާނުންގެ ހަޔާތުގައި އަޅުގަނޑުމެންގެ މުސްލިމުންގެ ތާރީޚްގައިވެސް ފެނިފައިވާ ވަރުގަދަ ސަހްސިއްޔަތުންތައް ކާމިޔާބީ ސަހްސިއްޔަތުންތައް ކާމިޔާބީއާ ހަމައަށް ވާސިލްވެފައިއެވަނީ ވަރަށް ވަރުގަދަ ހިންމަތާއި މިންނަތުގެ މަސައްކަތްތަކުން. ރަނގަޅު ތަބީޢަތުން، ރަނގަޅު އަޚްލާޤުން.
ރޯދަމަހުގެ އަޅުގަނޑުމެން ގެނައި އިލްމުވެރިންގެ ސިޔަރަތުގެ ޕްރޮގްރާމްގައިވެސް އަޅުގަނޑު ކިޔައިދީފައިވާނެ އިމާމް ޝާފިޢީ އެކަލޭގެފާނު ވަރަށް ތުއްޕުޅުއިރުގައި އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވެއްޖެއޭ. އެކަލޭގެފާނުގެ މަންމަގެ މަތިވެރި މަސައްކަތުން، އެކަނިވެރި މަންމަގެ މަތިވެރި މަސައްކަތުން ސަބަބުންނޭ، ޤުރުބާނީގެ ސަބަބުންނޭ އެކަލޭގެފާނުގެ ވަރުގަދަ ޝަހްސިއްޔަތެއް މިއުންމަތުގައި ވެފައިއެވަނީ.
އެކަލޭގެފާނު ވަރަށް ތުއްޕުޅުއިރުގައި އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވެއްޖެ. އެކަލޭގެފާނުގެ މަންމަގެ ވަރަށް މަސައްކަތުން، އެކަނިވެރި މަންމަގެ ޤުރުބާނީގެ ސަބަބުން އެކަލޭގެފާނު ވަރަށް ވަރުގަދަ ޝަހްސިއްޔަތަކަޥެވަޑައިގަތީ!
އެހެންވީމާ ކާމިޔާބާ ހަމައަށް ވާސިލްކޮށްދިނުމަށް ތިމާގެ އަމިއްލަ ނަފްސު ނުވަތަ ތިމާގެ ދަރިއަކު ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި މީހަކު ނުވަތަ ކުއްޖަކުވެސް ކާމިޔާބާ ހަމައަށް ވާސިލްކޮށްދިނުމަށްޓަކައި ބޭނުންވާ ސްޓްރެޖެޓިކްސްތަކެއް އަޅުގަނޑު މިދަންނަވާލީ.
މީގެ ތެރެއިން އެންމެ މުހިއްމު ފަސް ސްޓްރެޓެޖީއެއް އަޅުގަނޑު ތިބޭފުޅުންނަށް މިއަދު މި ދަންނަވާލީ. އެއީ ޓާގެޓް ކަނޑައެޅުމާއި ކަންކަން އޮގަނައިޒްކުރުމާއި ތަރުބީތުކުރުން ކަންތައްތައް. އެއީ ވަރަށް މުހިއްމު ކަމެއް ކަންތައްތައް ތަރުތީބުކުރުން.
- ޑރ.މުޙައްމަދު ޝަހީމް ޝަހީމް ޢަލީ ސަޢީދު