މުފްތީ މެންކް އެތީސްޓަކަށް!: ނަރަކަ ވާކަން ޤަބޫލުނުކުރާ މީހުން، މުސްލިމުން ނަރަކައިގެ ވާހަކަ ދައްކާތީ ރުޅިއަންނަން ޖެހެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
މުފްތީ މެންކް އެތީސްޓަކަށް!: ނަރަކަ ވާކަން ޤަބޫލުނުކުރާ މީހުން، މުސްލިމުން ނަރަކައިގެ ވާހަކަ ދައްކާތީ ރުޅިއަންނަން ޖެހެނީ ކީއްވެ؟

މުސްލިމުން ދެކެ އެންމެ ވަރުގަދައަށް ރުޅި އަންނަ ބައަކީ ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންނެވެ. ފުރަތަމަވެސްއުފެދޭ ސުވާލަކީ ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރާ ބައަކު، މުސްލިމުން ﷲ ތައާލާ ވޮޑިގެންވާކަން ޤަބޫލުކުރާތީ ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟  

ފްލައިޓެއްގައި މުފްތީ މެންކް އާއި ބައްދަލުވެވަޑައިގެންނެވި އެތީސްޓަކާއި މުފްތީ މެންކާއި ދެކެވުނު ބައެއް ވާހަކަތައް އެއީ ހަމަ ކޮންމެމީހަކުވެސް ވިސްނައިލުންމުހިންމު ވާހަކަތަކެކެވެ.   

އޭނާ ޤަބޫލުކުރާ ގޮތުގައި ރަނގަޅު އެއްވެސް މީހަކު މުސްލިމުންގެ ތެރެއަކު ނުހުންނާނެއެވެ. އޭނާ ބުނާ ގޮތުން އެންމެބޮޑު މައްސަލައަކީ މުސްލިމުން ޤުރްއާން ޤަބޫލުކުރާ ކަމެވެ. އޭނާ މުސްލިމުން ދެކެ ރުޅިއަންނަނީ މުސްލިމުން ނޫން އެންމެން ނަރަކައަށް ދާންޖެހޭނެ ކަމަށް މުސްލިމުން ޤަބޫލުކުރާތީއެވެ. އޭނާގެ ނަޒަރުގައި އެއީ މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ވާހަކައެކެވެ.  

ޖަވާބުގައި ކްރިސްޓިއަނުންނާއި ހިންދޫންނާއި އަދި އެހެން ދީންތަކުގެ މީހުންވެސް އެކަން ޤަބޫލުކުރަނީ އެގޮތަށް ކަމަށް މުފްތީ މެންކް ވިދާޅުވުމުން އޭނާގެ ޖަވާބަކަށްވީ އެމީހުންގެ އަތުގައި ޤުރްއާން ނުއޮންނަ ކަމެވެ. ނުވަތަ އެހެން ދީންތަކުގެ މީހުން ޤުރްއާން ޤަބޫލު ނުކުރާ ކަމެވެ.  

މުފްތީ މެންކުގެ ޖަވާބަކަށްވީ ކަލޭމެން ނަރަކަވާކަން ޤަބޫލު ނުކުރާއިރު މުސްލިމުން ނަރަކައިގެ ވާހަކަ ދައްކާތީ ކަލޭމެން ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ 

މުފްތީ މެންކް ވިދާޅުވީ "އޭނާއަކީ އާޚިރަތް ދުވަސް އަންނާނެކަން ޤަބޫލުކުރާ މީހެއް ނޫން. އެކަމަކު އޭނާ އެކަންބޮޑުވަނީ މުސްލިމުން ނޫން މީހުން ނަރަކައަށް ދާންޖެހޭނެ ކަމަށް މުސްލިމުން ޤަބޫލުކުރާތީ. މިކަމުންއެނގެނީ އޭނާއަށް އެއްވެސް ކަމެއް އެނގިފަވެސް ނެތްކަން. އޭނާގެ ޖާހިލުކަން." ކަމަށެވެ. 

ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި އާޚިރަތް ދުވަސް އަންނާނެކަން ޤަބޫލުނުކުރާކަމަށް ބުނާ މީހުންގެ ޙާލަކީ މިއީއެވެ. އެމީހުންނަށް ތިބެވޭ ޙާލުވެސް އެމީހުންނަށްއެނގޭކަމަކަށް ނުވެއެވެ. 

 

މިއަދު އޮންލައިން