ސަޖިދައިގަ އޮއްވާ މަރުގެންދެވުން އެދި ދުޢާކުރެއްވި އިމާމެއްގެ ފުރާނަ ސަޖިދައިގަ އޮންނަވަނިކޮށް ގެންދެވިކަމުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސަޖިދައިގަ އޮއްވާ މަރުގެންދެވުން އެދި ދުޢާކުރެއްވި އިމާމެއްގެ ފުރާނަ ސަޖިދައިގަ އޮންނަވަނިކޮށް ގެންދެވިކަމުގެ ވާހަކަ!

މަރުވުމަށް އެންމެރަނގަޅު މަޤާމަކީ ސަޖިދައިގަ އޮވެއެވެ! އެކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. މިކިޔައިދެނީ 1996 ވަނަ އަހަރު ހިނގައިދިއަކަމެއްގެ ވާހަކައެވެ. 

ޝައިޚް ޢަބްދުލްޙަމީދު ކިޝްކް ރަޙިމަހުﷲ އަކީ އެކަމަށް އެދިވަޑައިގެން ދުޢާކުރައްވަވަމުން ގެންދެވި އިމާމެކެވެ. އިމާމް ދުޢާކުރައްވަމުން ގެންދެވީ "އިމާމެއްގެ ގޮތުގައި ދިރިއުޅުއްވެވުމަށާއި އިމާމެއްގެ ގޮތުގައި ހުންނަވަނިކޮށް މަރުގެންދެވުމަށާއި ޤިޔާމަތް ވުމުން ކައްވަޅުން ތެުވެވަޑައިގަންނަވާ މަޤާމަކީ ސަޖިދައިގެ މަޤާމް" ކަމުގައި މިންވަރުކޮށްދެއްވެވުް އެދިވަޑައިގެނެނެވެ.

އެފަދައިން ދުޢާ އެކުރެއްވެވީ "ތިބާ ކައްވަޅުން ތެދުވާނީ ތިބާ އެންމެފަހުން ދުނިޔޭގައި ހުރެ ކުރި ޢަމަލެއްގެ މަތީގައި" ކަމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާށެވެ! އެކަންކަމަށް އެދިވަޑައިގަންނަވާވަރު ބޮޑުކަމުން ހުކުރު ދުވަހު މިންބަރުގައި ހުންނަވައިގެންވެސް މިފަދައިން ދުޢާކުރައްވަމުން ގެންދެވިއެވެ. 

ﷲ ތައާލާ އޭނާގެ ފުރާނަ ގެންދެވީ ހުކުރު ދުވަހެއްގައި އިމާމެއްގެ ގޮތުގައި ނަމާދުކުރައްވަމުން ސަޖިދައިގައި އޮންނަވަނިކޮށެވެ. ސުބްހާނަﷲ

ޞަޙާބީންވެސް އެބޭކަލުންގެ ފުރާނަ ސަޖިދައިގައި އޮންނަވަނިކޮށް ގެންދެވުން އެދިވަޑައިގެން ދުޢާކުރެއްވެވިއެވެ. އަދި މަރުވުމަށް އެންމެރަނގަޅު މަޤާމަކީ ސަޖިދައިގައިކަމަށް ރަސޫލް (ޞޢވ) ވަނީ އިޝާރާތްކުރައްވަވައިފައެވެ. 

މިސްކިތުގެނަމަކަށް "މަސްޖިދު" ކިޔަނީ ވެސް އެއީ ﷲ ތަޢާލާއަށް ސަޖިދަކުރާތަން ކަމުގައިވާތީއެވެ. ޤިޔާމަތް ދުވަހު ﷲ ތައާލާއަށް ސަޖިދަ ކުރެވޭނީ ވެސް އިޚްލާޞްތެރިކަމާއިއެކު ދުނިޔޭގައި ސަޖިދަކުރި މީހުންނަށެވެ! ކާފިރުންނަށާއި މުނާފިޤުންނަކަށް ސަޖިދައެއް ނުކުރެވޭނެއެވެ. އެމީހުން ގުދުވާން އުޅުނު ނަމަވެސް ނުވެވޭނެއެވެ. ބުރަކަށިތައް ހުންނާނީ ދަގނަޑުގަނޑެއް ފަދައިން ހަރުވެފައެވެ. 

އެއީ އެމީހުންދުނިޔޭގައި ފުރިހަމަ ޞިއްހަތުގައި ތިބިއިރު ސަޖިދަ ނުކުރިކަމަށްޓަކައެވެ. މުނާފިޤުން ސަޖިދަކުރީ އިޚްލާޞްތެރިކަމެއް ނެތި ދެއްކެން ކަމަށްވާތީއެވެ. 

- އިމާމްޢުމަރު ސުލޭމާނުގެ ދަރުސަކުން

މިއަދު އޮންލައިން