ފުރަމޭގަ އިން ބޮޑު ޓިޔުމަރު ނުނެގުމުން ޑޮކްޓަރުން އުންމީދު ކަނޑައިލި މީހަކަށް ޒަމްޒަމް ފެން ބުއިމުން ޝިފާ ލިބުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފުރަމޭގަ އިން ބޮޑު ޓިޔުމަރު ނުނެގުމުން ޑޮކްޓަރުން އުންމީދު ކަނޑައިލި މީހަކަށް ޒަމްޒަމް ފެން ބުއިމުން ޝިފާ ލިބުނު!

ބޮސްނިއާއަށް ނިޞްބަތްވާ ނިހާދު ޑޮކްޓަރަށް ދެއްކުމުން ކުރި ޓެސްޓްތަކުން އެނގުނީ އޭނާގެ ފުރަމޭގައި ވަރަށް ބޮޑު ޓިޔުމަރެއް އެބައިން ކަމާއި ވީހައި އަވަހަކަށް ފުރަމޭ ބަދަލު ނުކޮށްފިނަމަ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެވެ. 

ޑޮކްޓަރުން ދިން މުއްދަތުގައި ޑޯނަރެއް ނުލިބިގެން އެކަން ކުރެވޭނެ ގޮތް ނުވުމުން ނިހާދަށް ހުންނަން ޖެހުނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމުގެ ބިރުވެރިކަމުގައެވެ. އެހެންކަމުން އެ އަހަރު ޙައްޖަށް ދިއުމަށް އޭނާ ނިންމިއެވެ. 

އެކަމާއި ގުޅިގެން ބައްދަލުކުރި އިމާމަކަށް ވާހަކަތައް ކިޔައިދިނުމުން އިމާމް ވިދާޅުވީ ފުރާނައަކީ ﷲ ތަޢާލާ ގެންދަވަން އިރާދަކުރެއްވެވުމުން ގެންދަވާނެ އެއްޗެއް ކަމަށާއި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައިނުލުމަށެވެ. އަދި ޒަމްޒަމްފެނަކީ ބަރަކާތްތެރި ފެނެއް ކަމަށާއި ޙައްޖުގައި ގިނަގިނައިން ޒަމްޒަމް ފެން ބުއިމަށެވެ. އަދި ބޯއިރު ބަލިން ޝިފާ ދެއްވެވުން އެދި ދުޢާކުރަމުން ބުއިމަށެވެ. 

ނިހާދަށް ޙައްޖަށް އއާދެވުމާއިއެކު 6 ދުވަސްވަންދެން ކެއުމަކަށްވެސް ފެނަށްވެސް ބޭނުންކުރީ ހަމައެކަނި ޒަމްޒަމް ފެނެވެ. އެހެން އެއްވެސް ފެނެއް ވެސް ކާއެއްޗެއްވެސް ބޭނުމެއް ނުކުރެއެވެ. 

އެނބުރި ބޮސްނިއާއަށް ދެވުމުން ޑޮކްޓަރަށް ދެއްކިއެވެ. ޓެސްތްތައް ހެދުމަށްފަހު ޑޮކްޓަރުންނަށް ވެސް ލިބިގެންދިއައީ ވަރަށް ބޮޑު ޙައިރާން ކަމެކެވެ. އެ ބޮޑު ޓިޔުމަރު ފެންނަން ނެތުމުންނެވެ. 

އެއީ މީގެ 17 އަހަރު ކުރިއެވެ.ނިހާދު އަދިވެސް ދުނިޔޭގައި ގަދަވެ ސަލާމަތުން އެބަހުއްޓެވެ. 

މީސްތަކުންނޭވެ! އެއްކަމެއް ޔަޤީންކުރާށެވެ! އެއީ ޒަމްޒަމް ފެނަކަށްވެސް މީހުން ބަލިން ރަނގަޅުކުރުމުގެ ބާރު ލިބިގެން ނުވާކަމާއި ޝިފާ ދެއްވެވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. ވީމާ ޒަމްޒަމް ފެން ބުއިމުން ޝިފާ ނުލިބުނު ނަމަވެސް އެ ފެން ކުށްވެރިނުކުރާށެވެ! ޔަޤީންކުރަންވީ ޒަމްޒަމް ފެނަކީ ﷲ ތަޢާލާ ޚާއްޞަ ކަރާމާތްތަކެއް ލައްވަވާފައިވާ ފެނެއް ކަމެވެ.

މިއަދު އޮންލައިން