ތިބާ ރުޅިއަރުވަން މީހަކު އެއްޗެއް ބުނާއިރަށް ރުޅި އައިސް ފުންމައިގަނެވިއްޖެ ނަމަ އެ ޙާޞިލުކޮށް ދެވެނީ ރުޅި އެރުވި މީހާގެ މަޤްޞަދެވެ! އެމީހާގެ މަޤްޞަދަކަށްވާނީ ތިބާގެ ރުޅި އިސްކުރުވައި ކޮންޓްރޯޅުން ނައްޓުވައި ތިބާގެ ދުލުން ނުބައި ބަސްތައް ބުނުވައި ހަޑިމުޑުދާރު އަމަލުތައް ކުރުވައި މީސްތްކުންގެ ކުރިމަތީގައި ފަޟީޙަތް ކުރުވުމެވެ!
ހުތުރު ބަސްތައް ބުނެ ރުޅިއަރުވަން މަސައްކަތްކުރި ނަމަވެސް އެފަދަ މީހުންގެ މަޅީގައި ނުޖެހޭށެވެ! ކެތްތެރިވާށެވެ! މަޑުމައިތރިކަން އިސްކުރާށެވެ!
މީހަކުނުބައިމިސާލެއް ޖަހައި ތިބާ ރުޅިއަރުވަން މަސައްކަތްކުރާނަމަ އަޅައިވެސް ނުލާށެވެ! ދެކޮޅުވެރިން އަބަދުވެސް އެފަދަ ކަންކަން ކުރާނެތެވެ! އެކަން ކީރިތި ޤުރްއާނުން ވެސް އެނގެން އެބައޮތެވެ!
"އަދި އެއުރެން ބުނޫއެވެ. ރަނގަޅީ، ތިމަންމެންގެ އިލާހުންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ ކަލޭގެފާނާ ޖަދަލުކުރުމަށް މެނުވީ އެއުރެން އެ މިޘާލް ނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ." (އައްޒުޚްރޫފް: 58)
ތިބާ ހުރީ ޙައްޤުމަގުގައިކަން އެނގޭއިރުވެސް ޒުވާބުނުކޮށް ދޫކޮށްލުމަކީ ސުވަރުގެއިން މަތިވެރި ދަރަޖަ ދެއްވަވާ ކަމެއްކަންޙަދީޘުން އެނގެން އެބަ އޮތެވެ. ވީއިރު ލިބެން އޮތް އެ މަތިވެރި ދަރަޖަ ދޫކޮށްލައި މީސްތަކުންގެ ކުރިމަތީގައި އަބުރުނަގާލަންވީ ކީއްކުރަން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން