މިހައި ކުޑަ ކަމަކުން ފާފަތައް ފުހެލުމާ ސުވަރުގެ ވަނުމުގެ ފުރުޞަތު ލިބޭކަން ޙަދީޘުން އެނގޭއިރު އިހްމާލުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 53ސ
މިހައި ކުޑަ ކަމަކުން ފާފަތައް ފުހެލުމާ ސުވަރުގެ ވަނުމުގެ ފުރުޞަތު ލިބޭކަން ޙަދީޘުން އެނގޭއިރު އިހްމާލުވަނީ ކީއްވެ؟

عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا قَالَ الْمُؤَذِّنُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ فَقَالَ أَحَدُكُمُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ثُمَّ قَالَ أَشْهَدُ أَن لاَّ إِلَهَ إِلاَّ اللَّهُ قَالَ أَشْهَدُ أَن لاَّ إِلَهَ إِلاَّ اللَّهُ ثُمَّ قَالَ أَشْهَدُ أَنَّ مُحَمَّدًا رَّسُولُ اللَّهِ قَالَ أَشْهَدُ أَنَّ مُحَمَّدًا رَّسُولُ اللَّهِ ثُمَّ قَالَ حَيَّ عَلَى الصَّلاَةِ قَالَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ثُمَّ قَالَ حَيَّ عَلَى الْفَلاَحِ قَالَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ثُمَّ قَالَ اللَّهُ أَكْبَرُ اللَّهُ أَكْبَرُ قَالَ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ثُمَّ قَالَ لاَ إِلَهَ إِلاَّ اللَّهُ قَالَ لاَ إِلَهَ إِلاَّ اللَّهُ مِنْ قَلْبِهِ دَخَلَ الْجَنَّةَ 

ޢުމަރުގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައިވަނީ އިމާމް މީހާ ބަންގި ދިނުމުން ބަންގިއަށް އިޖާބަދީފި ނަމަ "ދަންނާށެވެ! ތިމާގެ ހިތުން އެކަން ތެދުކޮށް ޤަބޫލުކޮށްގެން ހުރެ، އެކަންކޮށްފިކަމުގައިވާނަމަ އޭނާއަށް ސުވަރުގެ ލިބިއްޖެކަން ކަށަވަރެވެ." މިފަދައިންނެވެ.

ޙަދިޘްފުޅުގައި ވަނީ އިމާމް މީހާ ބަންގިދޭއިރު އޭނާ ކިޔާ ގޮތަށް އަޑުދަށުން ކިޔުމަށެވެ. ނަމަވެސް "حَيَّ عَلَى الصَّلاَةِ وَحَيَّ عَلَى الْفَلَاحِ" ކުޔުމުން لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ" ކިޔުމަށެވެ. 

ޞަޙީޙް މުސްލިމް: 578 

މިއީ ކޮށްލަން ކިހައި ފަސޭހަކަމެއްތޯއެވެ؟ ނަމަވެސް ގިނަ ބައަކު ވަނީ މިކަމުގައި ވަރަށް ބޮޑަށް އިހްމާލްވެފައެވެ. މިސްކިތުގައި ތިބި ނަމަވެސް އެކަން ކުރަނީ ވަރަށް މަދު މީހެކެވެ.

ފަތިސްނަމާދުގެ ބަންގީގައި "އައްޞަލާތު ޚައިރުއްމިނައްނައުމި" ކިޔުމުން ކިޔާނީ " صَدَقْتَ وَبَرَرْتَ وَبِالْحَقِّ نَطَقْتَ " މިފަދައިންނެވެ. މާނައީ "ޙައްޤު ތެދުބަސް ބުނެފިއެވެ."

މީގެ އިތުރުން އިމާމް މީހާ ކިޔާ ގޮތަށް އަޑުދަށުން ކިޔުމަށްވެސް ޙަދީޘްގައި އައިސްފައިވެއެވެ. 

މީގެ އިތުރުން ވެސް ރަނުގެ ފުރުޞަތެއް އެބައޮތެވެ!   

أَشْهَدُ أَن لاَّ إِلَهَ إِلاَّ اللَّهُ  وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِاْلإِسْلاَمِ دِينًا غُفِرَ لَهُ ذَنْبُهُ –

(وَأَنَا أَشْهَدُ މިފަދައިންވެސްދުޢާ ފެށިދާނެއެވެ!)

"މުދިމް މީހާގެ އަޑުއިވުމުން މިފަދައިން ކިޔައިފުމުން އޭނާއަށް ކުރެވިފައި ހުރި ފާފަތައް، ހަމަ ޔަޤީނުން ﷲ ގެ ޙަޟްރަތުން ފުއްސަވައި ދެއްވަވައިފިއެވެ. (ޞަޙީޙް މުސްލިން: 579)

 ޙަދިޘް ރިވާކުރެއްވީ ސަޢްދު އިބްނު އަބީ ވައްޤާސް 

މި ޙަދީޘްގައިވާ ދުޢާގެ މާނައީ "އެއްކައުވަންތަ ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ކަމަށް އަޅުހެކިވަމެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅުކަމަށާއި ރަސުލާ ކަމަށްވެސް ހެކިވަމެވެ. ﷲ އީ ޢާލަމްތަކުގެ ވެރި އިސްލާމް ދީނަކީ ދިރިއުޅުމުގެ ޞައްޙަ ގޮތް ކަމުގައްޔާއި އަދި މުޙައްމަދުގެފާނީ ނަބިއްޔެއް ކަމަށާއި ރަސޫލެއް ކަމަށް، އަޅު ރުހި ޤަބޫލުވަމެވެ. 

މިދުޢާ ކިޔަންވާ މަޤާމް:

މި ދުޢާ ކިޔުން އޮންނަނީ ބަންގީގެ ފަހުން ކަމުގައި ބައެއް ޢިލްމްވެރިން ވިދާޅުވެފައި އޮތް ކަމުގައިވީނަމަވެސް ޞައްޙަ ގޮތަކީ މިދުޢާ ކިޔުން ސުންނަތްވެގެންވަނީ ޝަހާދަތުގެ އަޑުއަހައި އެއަށް ޢިޖާބް ދިނުމާއިއެކުގައެވެ. އެއީ މިޙަދީޘުން އެކަން ޞަރީޙަކޮށް އެނގެން އޮތީތީއެވެ.

މިދިމްމީހާ ޤަމާތްދޭ އަޑު އިވުމުންވެސް އަދުދަސުން ކިޔަންވާނެއެވެ.   

މަޢްލޫމާތު: އުސްތާޛް ޙުސައިން ރަޝީދު އަހްމަދު

ބަންގިއަށް ޢިޖާބަދިނުމުން އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވައި އަދި އެއީ ސުވަރުގެ ދެއްވަވާނެ ޢަމަލެއްކަން އެނގެން އޮތް އިރު އެހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ކުރަން ފަސްޖެހި އިހްމާލްވެގެން ތިބެނީ ކީއްވެގެން ހެއްޔެވެ؟

މިއަދު އޮންލައިން