މަގުމަތިން ހޮވި އެއް ލައްކަ ރުފިޔާ ފުލުހުންނާ ޙަވާލުކުރި މީހާއަށް އިނާމާ ޢިނާޔަތާ އުމުރަށް ވަޒީފާގެ ޔަޤީންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މަގުމަތިން ހޮވި އެއް ލައްކަ ރުފިޔާ ފުލުހުންނާ ޙަވާލުކުރި މީހާއަށް އިނާމާ ޢިނާޔަތާ އުމުރަށް ވަޒީފާގެ ޔަޤީންކަން!

އައްޑޫ ސިޓީ ހިތަދޫ ގައި ދިރިއުޅޭ  ބަނގްލަދޭޝް ގެ ރައްޔިތެއްކަމުގައިވާ އެމް.ޑީ ކަމާލް ހޮސައިން  އެރަށު މަގެއްމަތިން ހޮވި އެއްލައްކަ ރުފިޔާ (ދިވެހި ރުފިޔާ 100000) ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލު ކުރުމުން  އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކޮށް  އައްޑޫ ސިޓީ ހިތަދޫ ޕޮލިސް  ސްޓޭޝަންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދީޔާ ދިނުމުގެ އިތުރުން ފައިސާތަކުގެ ވެރިފަރާތުން ވެސް އޭނާއަށް އިނާމާއި އިނާޔަތްތެކެއް ދީފިއެވެ. 

މި ބައްދަލުވުމުގައި ފައިސާގެ ވެރިފަރާތްކަމަށްވާ ދަފްތަރު ނަމްބަރ 1912، ޢަލީ އަބްދުއްސައްތާރުގެ ފަރާތުންވެސް އެމް.ޑީ ކަމާލް ހޮސައިން  އަށް ފައިސާގެ އިނާމާއެކު އޭނާ ހިންގާ ހޮޓަލުން އެއްމަސްދުވަހުގެ ހިލޭ ކެއުން ހަމަޖައްސައިދީފައިވެއެވެ. އަދި އެއްވެސް ދުވަހަކު ވަޒީފާއެއް ނެތިގެން ގޮސްފިނަމަ ވަޒީފާ ހަމަޖައްސައިދޭނެކަމަށް ބުނިބުނުން ވެގެންދާނީ ލިބުނު ފައިސާގެ ހަދިޔާއަށްވުރެ މާޢަގުހުރި ހަދިޔާއަކަށެވެ. 

މި ޖޫން މަހުގެ 10 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓާއި ހަދިޔާ ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޒަން ގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމްއެވެ. 

މި ބައްދަލުވުމުގައި، ފައިސާ ހޮވިފަރާތް ކަމަށްވާ އެމް.ޑީ ކަމާލް ހޮސައިންއާއި ފައިސާގެ ވެރިފަރާތް ކަމަށްވާ ޢަލީ ޢަބްދުއްސައްތާރާއި ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމްގެ އިތުރުން  އައްޑޫ ސިޓީ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް އިމްރާނާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ބައިވެރިވެފައިވެއެވެ

ކަމާލް ހޮސައިން އަށް މަގުމަތިން، ސިޓީ އުރައެއްގެ ތެރޭގައި އެއްލަކަ ރުފިޔާ އޮއްވާ ފެނިފައިވަނީ މި ޖޫންމަހުގެ 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް އެފައިސާ ފެނުމުން ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުކުރުމުން ފުލުހުން ވަނީ ފައިސާތަކުގެ ވެރިފަރާތް ހޯދައި މި ޖޫންމަހުގެ 6 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި އެފައިސާ ވެރިފަރާތަށް ރައްދުކޮށްދީފައެވެ

މި ފައިސާ އަމާނާތްތެރިކަމާއިއެކު ފުލުހުންނާ ޙަވާލުކުރުމުން މިއަދުނޫހުގައި ޝާއިޢުކުރި ޚަބަރު ވިދާޅުވުމަށް! 

 

Kithanme Dhathihaaluga Ulhunu Namaves Thedhuverivaan Jehekan Hithadhooga Ulhey Bangladesh Meehaku Saabithu Kohdheefi

https://miadhu.mv/article/read/57568

 

މިއަދު އޮންލައިން