މުފްތީ މެންކް އެންމެ ފާހަގަކުރައްވާ އާޔަތުން އެންމެންނަށް ޢިބްރަތެއް! ޙިތްވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
މުފްތީ މެންކް އެންމެ ފާހަގަކުރައްވާ އާޔަތުން އެންމެންނަށް ޢިބްރަތެއް! ޙިތްވަރެއް!

"އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ.

އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ." (އައްޟުޙާ: 4،5) 

ކީރިތި ޤުރްއާނުން އެންމެ ފާހަގަކުރައްވާ އާޔަތަކީ ކޮބައިތޯ އިމާމް މުފްތީ މެންކް އާއި ކުރެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ އައްޟުޙާ ސޫރަތުގެ 5 ވަނަ އާޔަތް ކަމުގައެވެ. އެ އާޔަތުގެ މާނައަށް ބަލައިފިނަމަ އެއީ " އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ." 

މުފްތީ މެންކް މިއާޔަތް ފާހަގަކުރެއްވި ސަބަބު ވިދާޅުވެފައެއް ނުވެއެވެ. އެހެންވެ ކޮންމެވެސް ވަރަކަށް މިއާޔަތާއިމެދު ވިސްނައިލީމެވެ! ވިސްނުނު ގޮތުގައި އުންމީދު ކުރައްވަވާފައި އެވަނީ ދުނިޔެއަށްވުރެ އާޚިރަތް ބާއްޖަވެރިވުމުގެ އެދުން ފުޅެވެ. އަދި އެކަމުން ހިތްހަމަޖެހުން ލިބިވަޑައިގަތުމަށް އުންމީދުކުރަން ބޭނުންފުޅުވާ މިންވަރެވެ! 

އަހުރެން މި ދެ އާޔަތް އެކުގައި މިބަޔާންކުރީ ތަފާތު މަޤްޞަދެއްގައެވެ! ﷲ ތަޢާލާ ވަޙީކުރައްވާވައި އެވަނީ " އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ." މިފަދައިންނެވެ! 

މާނައަކީ އާޚިރަތް ދުނިޔެއަށްވުރެ ރަސޫލް (ޞޢވ) އަށް ދުނިޔެއަށްވުރެ އާޚިރަތުގެ ހެޔޮކަން މާބޮޑުކަމެވެ. އަދި ރަސޫލް (ޞޢވ) އަށް އެދުވަހުން ލިބިވަޑައިގަންނަވާނެ ނިޢްމަތްތައް ފެނިވަޑައިގަތުން އުފާފުޅުކުރައްވަވާނެ ކަމެވެ. 

ވިސްނައިލަން އޮތް ކަމަކީ މިގޮތަށް ރަސޫލް (ޞޢވ) އަށް ވަޙީ ކުރެއްވެވީ ސަބަބުތަކެއް ހުރުމުންނެވެ! އާޚިރަތް ކާމިޔާބު ކުރެއްވެވުމަށް ރެއާއި ދުވާލު ކުރެއްވެވި މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. ރޭއަޅުކަން ކުރެއްވެވުމަށްޓަކައި ރަސޫލް (ޞޢވ) ރޭގަނޑުގެ އަވަހާރަފުޅުލެއްޕެވުމުން ބޮޑު ބައެއް ޤުރްބާން ކުރައްވަވައި ރޭއަޅުކަން ކުރައްވަވަމުން ގެންދެވީތީއެވެ! ﷲ ތަޢާލާ އެންގެވި މަގުން ނޫން ގޮތަކަށް ހަމަ އެއްވެސް ކަމެއް ނުކުރައްވަވާތީއެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ޢާޚިރަތް ބާއްޖަވެރިކުރަން އެދޭނަމަވެސް އެކަމަށް މަސައްކަތްކުރަން އެބަޖެހެއެވެ. އަޅުކަންކުރުން ގިނަކުރަން އެބަ ޖެހެއެވެ. ރޭއަޅުކަންވެސް ކުރަން އެބަ ޖެހެއެވެ. އެއިރުން ހަމަ ކޮންމެ މީހަކީވެސް އެމީހަކަށް އާޚިރަތް ދުވަހު ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތައް ފެނުމުން އިންތިހާއަށް އުފާކުރާނެ މީހެކެވެ! ގަދައަޅައި މަސައްކަތްކުރަންވީ މަސައްކަތް ކުރުމުން ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ޔަޤީންކަން ދެއްވަވާފައި އެވާ އުފާވެރިކަން ނިޢްމަތްތައް ޙާޞިލުކުރުމަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން