ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ކުރަމުން ގެންދާ މީހުންގެ ތެރެއިން އިތުރު 40 މީހަކަށް ޝިފާ ލިބި އިތުރު 27 މީހުން ޕޮޒިޓިވްވެއްޖެއެވެ! މިހައިތަނަށް ޝިފާ ލިބުނުމީހުންގެ ޢަދަދު ވަނީ 1193 އަށް އަރައިފައެވެ.
މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2003 އަށް އަރައިފައެވެ.
މިއަދު ޕޮޒިޓިވްވެފައިވަނީ 14 ދިވެހިންނާއި ބަންގްލަދޭޝް 12 މީހުންނާއި އިންޑިއާ މީހެކެވެ.