"ކުރިއަށް އޮތީ ރަޙްމަތުން ފުރިގެންވާ އުފާ ފާގަތި ދުވަސްތަކެއް ކަމުގައި މިންވަރުކޮށްދެއްވަވާނދޭވެ!" އާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
"ކުރިއަށް އޮތީ ރަޙްމަތުން ފުރިގެންވާ އުފާ ފާގަތި ދުވަސްތަކެއް ކަމުގައި މިންވަރުކޮށްދެއްވަވާނދޭވެ!" އާމީން

ބައެއް ޤަުމުތަކުގައި އަދިވެސް ދަނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އިތުރަށް ފެތުރެމުންނެވެ. އަނެއްބައި ޤައުމުތަކުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ޙާލަތު މިހިސާބަށް އައުމުން ކުރާ ދުޢާ ވެސް ތަފާތުކުރަންވާނެއެވެ! ދުޢާގައި ތިމާމެންނަށް ސަލާމަތްކަން ދެއްވެވިކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވާންވާނެއެވެ! އަދި ކުރިއަށް އޮތް ދުވަސްތަކަކީ ރަހްމަތުން ފުރިގެންވާ ދުވަސްތަކެއްކަމުގައި ލައްވަވައި ދެއްވެވުމަށްވެސް އެދެންވާނެއެވެ! 

މިއީ މިކަންކަން ބަޔާންކޮށް ކުރެވިދާނެ ދުޢާއެކެވެ!  

"ޔާ ﷲ! ކުރިމަތިލާންޖެހުނު އެންމެ ބޮޑެތި ދަތިތަކުން އިނބަ ﷲ ގެ ވާގިފުޅާއިއެކު މިހާރު މިދަނީ އަރައިގަނެވެމުންނެވެ! މިޖީލު ފިޔަވައި ދުނިޔޭގައި ތިބެ އާ ޙަޔާތެއް ފަށަން ޖެހުނު ބައެއްގެ ވާހަކަ އަޑުއިވިފައިވެސް ނެތެވެ! އަޅަމެންނާއިމެދު މިގޮތަށް ކަންކަން މެދުކުރެވެވި ސަބަބު މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ އެވެ! 

ކުރިމަތިވެފައިވާ ދަތިތަކާއިއެކުވެސް މުސްތަޤްބަލުގެ ދުވަސްތަކާއި ކުރިމަތިލުމުގެ ހިތްވަރު އަޅަމެންނަށް މިންވަރުކުރައްވަވައިދެއްވަވާނދޭވެ! މި ދަތިޙާލަތުގައިވެސް އަޅަމެންގެ ހިތްތަކުގައިވާ އީމާންކަމާއި އަޅަމެންގެ ހިތްތަކުގައި އިނބަ ﷲ ގެ ޙަޟްރަތަށް އޮތް ލޯބި އިތުރުކޮށްދެއްވަވާނދޭވެ! 

ޔާ ﷲ! އަޅަމެން ދޫކޮށް ނުލައްވަވާނދޭވެ! އަޅަމެންނަށް ރަޙުމްކުރައްވަވާނދޭވެ! މިފަދަ ހިތްދަތި، އަދި ނިކަމެތި ޙާލަތުގައިވެސް އިނބަ ﷲ އަޅަމެންނަށް ދެއްވެވި ރައްކާތެރިކަމަށްޓަކައި ހާސްފަށުން ޝުކުރު ދަންނަވަމެވެ. ޞިއްޙީ ރައްކައުތެރިކަމަށާއި ދުޅަހެޔޮކަމަށާއި ދެއްވެވި ރިޒްޤަށްވެސް މެއެވެ! 

ޔާ ﷲ! ކުރިއަށް އޮތް ދުވަސްތަކަކީ އިނބަ ﷲ ގެ ރަޙްމަތުން ފުރިގެންވާ އުފާ ފާގަތި ދުވަސްތަކެއް ކަމުގައި މިންވަރުކޮށްދެއްވަވާނދޭވެ!" އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން