ނުބައިކޮށް ކަންކަން ކުރާ މީހާއަށް ހެޔޮކޮށް ކަންކަން ކުރުމުން 2 ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނުބައިކޮށް ކަންކަން ކުރާ މީހާއަށް ހެޔޮކޮށް ކަންކަން ކުރުމުން 2 ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ

މީހަކު ތިބާ އާއިމެދު ނުބައިކޮށް ކަންކަން ކުރާނަމަ އެކަމަށް ރުޅި އައިސް އެމީހަކަށް ނުބައިކޮށް ކަންކަން ކުރުމުގެ ބަދަލުގައި އެމީހަކަށްވެސް ހެޔޮކޮށް ކަންކަން ކުރާށެވެ!

ނުބައިކޮށް ކަންކަން ކުރާ މީހާ އެކުރާ ނުބައި ޢަމަލުތައް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންނެވެއެވެ. އެމީހާގެ ފަތުގައި އެކަން ލިޔުއްވަވާނެތެވެ! ޤިޔާމަތް ދުވަހު ބަދަލުދޭން ޖެހޭނެއެވެ! ވީމާ ނުބައިކޮށް ކަންކަން ކުރާ މީހާގެ އަމަލުތައް ﷲ ތަޢާލާއަށް ވަކީލްކޮށް ދޫކޮށްލާށެވެ! 

ތިބާ އާއި ދުރު މީހަކު ނަމަވެސް ތިބާ އާއި އެކުގައި އުޅޭ މީހުންވެސް އަދި އަވަށްޓެރިންވެސް ތިބާއަށް ކަންކަން ކުރަނީ ރަނގަޅަށް ކަމަށް ނުވެދާނެއެވެ! ނަމަވެސް އެމީހުންނާއިމެދުގައި ތިބާ ރަނގަޅަށް ކަންކަން ކުރާށެވެ! އެމީހުން ކުރާ ނުބައިކަންކަމުންނާއި ތިބާ ކުރާ ރަނގަޅު ކަންކަމާ 2 ކަމުންވެސް ތިބާއަށް ޘަވާބު ދެއްވަވާނެތެވެ! 

މީސްތަކުންނާއިމެދު ޢަމަލުކުރަންވީ އެމީހާ ޢަމަލުކުރާ ގޮތަށް ބަލައިގެނެއް ނޫނެވެ! ބަލަންވީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށެވެ! މީސްތަކުންނަށް އޯގާތެރިވެ ހެޔޮކޮށް ހިތުމަށް އޮތް ބަސްފުޅަށެވެ. 

'އޭ އަޢިޝާއެވެ! ﷲ އީ ހެޔޮކޮށް ހިއްތަވާވޮޑިގެންވާ ރަސްކަލާނގެއެވެ! ﷲ ލޯބިވެވޮޑިގަންނަވަނީ ކޮންމެ ކަމެއްގައިވެސހެޔޮކޮށް އަމަލުކުރުމަށެވެ." (ޞަޙީޙް ބުޚާރީ: 6528)

ވީމާ އެހެން މީހަކު ތިމާ އާއިމެދު ކަންކަން ކުރާ ގޮތާއިމެދު ވިސްނާނެވެސް ކަމެއްނެތެވެ. އެއީ އެއްވެސް ބޭނުމެއް ހުރިކަމެއް ނޫނެވެ. އޭނާގެ ޢަމަލުތައް އޭނާ ކުރަން ބޭނުންވާ ގޮތަކަށް ކުރަން ދޫކޮށްލާށެވެ! އަދި އެމީހަކު ކުރާ އަމަލުތައް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކުރަމުން ގެންދާށެވެ! ޙަޤީޤީ ކާމިޔާބު ޙާޞިލުކުރެވޭނީ އެއިރުންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން