އެއެސްފީނާގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ކާފިރު ޖިންނި ވަދެ ގެއްލުން ދިނުމުން ސަލާމަތްވުމަށް އޮތް 2 ފަރުވާ!: ޔާސިރު ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެއެސްފީނާގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ކާފިރު ޖިންނި ވަދެ ގެއްލުން ދިނުމުން ސަލާމަތްވުމަށް އޮތް 2 ފަރުވާ!: ޔާސިރު ޤާދީ

އެސްފީނާއެވެ ބުނުމުން ބައެއް މީހުން ހިތަށް އަރަނީ އެއީ ލޮލުން މެދުވެރިވާ ކަމެއް ކަމަށެވެ. ނަމަވެސް އެސްފީނާ އުފެދިގެން އަންނަނީ ހިތުގައި އުފެދޭ ޙަސަދަވެރިކަމުންނެވެ. އެ ޙަސަދަވެރިކަމުގެ ބޭނުން ހިފައި ކާފިރު ޖިންނީންނަށް އަނެކާގެ ހަށިގަނޑަށް ވަދެ ގެއްލުންތައް ދެނީއެވެ. 

ނަމަވެސް މިއަދު ބައެއް މީހުން އެކަން ޤަބޫލެއް ނުކުރެއެވެ. އެއީ ނެތްކަމެއް ނަމަ އެކަމުން ރައްކަތެރިވުމަށް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައެއް ނުވާނެއެވެ. 

" ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ ޙަމްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.

އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.

އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.

އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިޙްރުހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ.

އަދި ޙަސަދަ ވެރިއަކު ޙަސަދަ ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ."

(އަލްފަލަޤް: 1،2،3،4،5) 

5 ވަނަ އާޔަތުގައި އެވާ ޙަސަދައަކީ އެސްފީނާގެ ވާހަކައެވެ. ފުރަތަމަ އާޔަތާއި ފަހު އާޔަތުން އެނގިގެންދަނީ ޙަސަދަވެރިންގެ ޙަސަދަވެރިކަމުން ރައްކައުތެރިކަން ދެއްވެވުން އެދި ދުޢާކުރަންޖެހޭނެ ކަމެވެ! އެސްފީނާއަކީ ނުވާ އެއްޗެއް ނަމަ މިފަދައިން ވަޙީކުރައްވަވާފައެއް ނުވާނެއެވެ!

ފަރުވާ: 

އެސްފީނާއިން ސަލާމަތްކަން އެދި އަލްފަލަޤް ސޫރަތް ކިޔަވާށެވެ! އަދި ރަސޫލް (ޞޢވ) އެކަމަށް ކުރެއްވެވި ދުޢާކަމަށް ޞަޙީޙް ޙަދީޘްފުޅުން ސބިތުވާ ދުޢާވެސް ކުރަމުން ގެންދާށެވެ! 

 

- ޔާސިރް ޤާދީގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން