ކައްވަޅުގައި ޤިޔާމަތަށް ދާންދެން އެމީހެއްގެ ބޯ ޗިސްކުރެވި ޗިސްކުރެވި ހުންނާނެ 2 މީހަކުވާކަން ވާނެކަން ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ!
އެތަނުން އެކަކީ ކީރިތި ޤުރްއާނަކީ ﷲ ބާވައިލެއްވެވި ފޮތްކަމާއި އެފޮތް ކިޔައި، އުނގެނި އެފޮތަށް ޢަމަލުކުރަން ޖެހޭނެ ކަމާއި އެއީ ﷲ ތަޢާލާގެ އަމުރުފުޅެއް ކަމާއި ދިރިއުޅުމުގެ ހުރިހާ ކަންކމުގައި ވެސް އެފޮތަށް ޢަމަލުކުރަން ޖެހޭނެކަން އެނގިތިބެމެ އެކަންކަމަށް އިހްމާލްވެ ފަރުވާކުޑަކޮށްލައި ޢަމަލު ނުކުރި މީހާއެވެ.
ދެވަނަ މީހަކީ ނަމާދުގެ ވަޤުތުތައް ފާއިތުވެގެންދާއިރުވެސް ނަމާދުނުކޮށް ނިދާފައި އޮންނަ މީހާއެވެ.
މި ޙަދިޘްފުޅުން އެނގިގެން މިދަނީ ފަރުޟު ނަމާދުތަކަށް ރައްކައުތެރި ނުވި މީހާ އާއި ކީރިތި ޤުރްއާނަށް ޢަމަލުނުކުރި މީހާ އާއި ދެމީހުންނަށްވެސް ކައްވަޅުގައި އެއް ދަރަޖައެއްގައި އެއް ޢަޛާބެއް ދެއްވަވާނެ ކަމެވެ.
މީސްތަކުންނޭވެ! ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާންޖެހޭނެ މިންވަރު އަހަރެމެން ކޮންމެ މުސްލިމަކަށްވެސް އެބަ އެނގެއެވެ. ހަމަ އެއާއިއެކު ކީރިތި ޤުރްއާނަށް އަމަލުކުރުމުގެ މުހިންމުކަންވެސް އެބަ އެނގެއެވެ. ކިޔަވައި އުނގެނި ޢަމަލުކުރުން ދެއްވަވާނެ ޘަވާބުވެސް އެބަ އެނގެއެވެ. ވީމާ އެކަންކަމަށް ރައްކަތެރިވާށެވެ! ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމަށާއި ނަރައިގެ އަލިފާނުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
- ޝައިޚް އަބޫ ބަކުރު ޒައުދުގެ ދަރުސަކުން
ކީރިތި ޤުރްއާނަށް ގޮންޖަހައި ޤާނޫނުތައް ފާސްކޮށް އަމަލުކުރަމުން ގެންދާއިރު މިކުރެވެނީ ކިހައިވަރެއްގެ އަމަލެއްކަމާއިމެދު އިތުރަށް ވިސްނައިލުން ބުއްދިވެރއެވެ. ކައްވަޅާއި ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދޭން އދ އަކަށްވެސް އީޔޫއަކަށްވެސް އެހެން ބައަކަށްވެސް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ! ބަވަނަވެފައިވާ ދުނިޔެއެއްގައި އުޅެން ޖެހިފައިވާތީ އެންމެންގެ ރުހުން ހޯދުމަކީ ބަހަނާއަކަށްވެސް ނުދެއްކޭނެއެވެ!