ބިރެއް ނުގަނޭތަ؟ ތިމާ އަތުގަ އޮތް އެއްޗެއް މީހަކު ބޭނުންކޮށްލަން ނުދިނުމަކީވެސް ނަރަކައަށް ބިރުނުގަންނަ މީހުންގެ ސިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބިރެއް ނުގަނޭތަ؟ ތިމާ އަތުގަ އޮތް އެއްޗެއް މީހަކު ބޭނުންކޮށްލަން ނުދިނުމަކީވެސް ނަރަކައަށް ބިރުނުގަންނަ މީހުންގެ ސިފައެއް!

އަލްމާއޫން ސޫރަތުގައި ﷲ ތަޢާލާ ވަނީ "ޤިޔާމަތް ދުވަހުން ޖަޒާދެއްވާނޭކަން ދޮގުކުރާ މީހުން"ގެ ބައެއް ސިފަތައް ވަޙީ ކުރައްވަވައިފައެވެ. އެއިގެ ތެރެއިން އެއް ސިފައަކީ "އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ."

މިއާޔަތުގެ ތަފްސީރު ދެއްވަވަމުން ބައެއް ޢިލްމުވެރިން ހާމަކުރައްވަވާފައިވަނީ ތިމާ ގެންގުޅޭ އެއްޗެއް ބޭނުންކޮށްލަން ދިނުމަށް އެދުމުން ނުދިނުމަކީ ވެސް މިއާޔަތުގެ މާނައިގައި ހިމެނޭ ކަމެއް ކަމަށެވެ. 

މީހަކު ބޭނުންކޮށްލަން އެއްޗަކަށް އެދިގެން އަންނާނީ އެމީހެއްގެ އަތުގައި އެއެއްޗެއް ނެތުމުންނެވެ. އަދި އަމިއްލައަށް ގަނެވޭނެ ފެންވަރުވެސް ނެތުމުންނެވެ. މި ދެއްކަނީ ކޮންމެ ހެން އެމީހަކު ގެންގުޅެންޖެހޭ ފޯނާއި ކޮމްޕިޔުޓަރު ފަދަ ތަކެތީގެ ވާހަކައެއް ނޫނެވެ. ނަމަވެސް މިސާލަކަށް ކަރަންޓް ބުރުމާއެއް އުދައްޔެއް ނުވަތަ އެ ނޫންވެސް އެހެން މީހަކުވެސް ބޭނުންކޮށްލާފައި އަނބުރާ ގެނެސްދިނުމުން އެއްޗެއް ދިން މީހާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ބާވަތުގެ ތަކެތީގެ ވާހަކައެވެ. 

މީގެ އިތުރުންވެސް ޤިޔާމަތް ދުވަހު ޖަޒާ ދެއްވަވާނެކަން ދޮގުކުރާ މީހުންގެ ގޮތުގައި 2 މީހަކުގެ ވާހަކަ ހަމަ އެސޫރަތުގައި ވަނީ ވަޙީ ކުރައްވަވައިފައެވެ. އެއީ 1 އެއީ ޔަތީމް ކުއްޖާ ކޮއްޕައި ދުރަށްލާ މީހާ. 2 މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާ އެވެ. 

(ޤިޔާމަތް ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާ މީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟

ފަހެ، އެއީ ޔަތީމް ކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ.

އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ.

ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލު ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.

އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.

އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ.

(އަލްމާޢޫން: 1،2،3،4،5،6،7)

މި ސޫރަތުގައި ބަޔާންވެގެންވާ ނަމާދާއިބެހޭ ބައިގެ މައްޗށް ލިޔެފައިވާ މުހިންމު ލިޔުމެއް!:

 

މިއަދު އޮންލައިން