މަނީ ލޯންޑްރިންގެ ތުހުމަތުގައި ހައިލަމް ފުލުހަށް ޙާޒިރުވުމަށް އަންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
މަނީ ލޯންޑްރިންގެ ތުހުމަތުގައި ހައިލަމް ފުލުހަށް ޙާޒިރުވުމަށް އަންގައިފި

މަނީ ލޯންޑްރިންގެ ތުހުމަތުގައި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

ހައިލަމްގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރަނީ އޭނާއަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ 200،000ރ. ދިން މައްސަލާގަ އެވެ. މި ތުހުމަތުގެ ތަހުގީގަށް ހައިލަމް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 20:00 އަށެވެ.

ހައިލަމް ކްރިމިނަލް ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

 

 

 

މިއަދު އޮންލައިން