އެންމެ އިސްކަމެއްދޭނެ އެއްކަމަކީ ކޮރަޕްޝަން ނައްތާލުން: ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެންމެ އިސްކަމެއްދޭނެ އެއްކަމަކީ ކޮރަޕްޝަން ނައްތާލުން: ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް

އެންމެ އިސްކަމެއްދޭނެ އެއްކަމަކީ ކަސްޓަމްސްގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރި އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝަރީފު މިހެންވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ޝަރީފު ވިދާޅުވީ ކޮރަޕްޝަންނަކީ ހަމައެކަނި ލާރިތަކެއްނެގުމެއްނޫން ކަމަށާއި ދޮގުމައުލޫމާތު ދިނުންކަހަލަ ވަރަށް ކުދި ބައިވަރު ކަންތައްތަކެއް އެކުލެވޭ ކަމެއްކަމަށެވެ. އަދި މިކަންކަމަށް މިހާރުވެސް ފިޔަވަޅުއެޅެމުން އަންނައިރު ތަފާތުތަކެއް ފެންނަމުން އަންނަކަމަށާއި މުވައްޒަފުން ފަރުވާތެރިވަމުން އަންނަތަން ފެންނަމުން އަންނަކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޝަރީފު، ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. މިމަގާމާއި ޝަރީފު ހަވާލުވުމުގެ ކުރިން ހުންނެވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ކަމުގެ މަޤާމުގައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ޢަބްދުﷲ ޝަރީފު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، ޢަބްދުﷲ ޝަރީފު ވަނީ ‏ކުރައްވާފައެވެ.

 

މިއަދު އޮންލައިން