މަޖިލީހުގެ ނައިބްރައީސަށް ޤުރްއާނަށްވުރެ މައްޗަށް ޖެހިލެވިއްޖެ ކަމަށް ހީކުރެވުމުން ޑރ. އިޔާޟް ރައްދު ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މަޖިލީހުގެ ނައިބްރައީސަށް ޤުރްއާނަށްވުރެ މައްޗަށް ޖެހިލެވިއްޖެ ކަމަށް ހީކުރެވުމުން ޑރ. އިޔާޟް ރައްދު ދެއްވައިފި

މަޖިލީހުގެ ނައިބްރައީސް އީވާ ޢަބްދުﷲއަށް ކީރިތި ޤުރްއާނަށް ވުރެ މައްޗަށް ޖެހިލެވިއްޖެ ކަމަށް ހީކުރެވުމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ރައްދު ދެއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ބުނެފައިވަނީ ފާހިޝް އަމަލުތަކަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމަށް އަންހެން މީހާ ލާ ހެދުން ބަދަލުކުރަންޖެހޭ ކަމަށް ބުނުމަކީ މުޑުދާރު ވާހަކައެއް ކަމަށެވެ. އަދި ޑރ. އިޔާޟް މެންފަދަ ބޭފުޅުން މިހާރު ދަނީ އިސްލާމްދީން އަސްލު ދަންނަ ބޭކަލުންނަށް ހުތުރު އަރުވަމުން ކަމަށެވެ.

އީވާ މިމޭރުމުން ބުނިއިރު މުސްލިމް އަންހެނުން ހެދުން އަޅަންޖެހޭ ގޮތް ﷲ ވަޙީކުރައްވަވާފައިވާ ކަމާއި، ކީރިތި ޤުރްއާނުގައި އެކަން ބަޔާންކުރައްވައި ވަޙީކުރައްވަވާފައިވާ އާޔަތްތައް އެބަހުރިކަމާއި ﷲ ގެ ވަޙީ ބަސްފުޅު ހަނދާންކޮށްދިނުމަކީ ދީނީ ޢިލްމުވެރިންނާއި ﷲ ޙަވާލުކުރައްވަވާފައި މަސްއޫލިއްޔަތެއްކަން އީވާއަށް ވަނީ އޮޅިފައެވެ. ނުވަތަ އީވާ ކީރިތި ޤުރްއާން ޤަބޫލުނުކުރަނީއެވެ.

އީވާއަށް ނުއެނގޭ ކަމަކީ މުސްލިމް ޤަުމުތައް ނޫން ޤައުމުތަކުގައި، މުސްލިމުން ނޫން އަންހެނުންވެސް ޙިމާޔަތާއި ރައްކައުތެރިކަން ހޯދަން އެމީހުންގެ ހަށިތައް ނިވާކުރަމުން ގެންދާ ކަމެވެ. އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލަން އިސްލާމް ދީނާއި ޢަދާވާތްތެރި ބޭރުގެ ޖަމާއަތްތަކުން ގެންދަނީ ފައިށާ ޚަރަދުކުރަމުންނެވެ!

މިއަދު އޮންލައިން