"ހުރިހާ ކަމެއްގެ ވެސް ޙައްލު އޮތީ އިސްލާމް ދީނަށް ތަބަޢަވެގެންނެވެ! އިސްލާމީ އުޞޫލުތަކަށް ޢަމަލުކޮށްގެންނެވެ! އެގޮތް ދޫކޮށްލައި ތިމާމެންނަށް ފެންނަ އަމިއްލަ ގޮތްތަކެއް ހަދައިގެން ދުވަހަކުވެސް ކާމިޔާބެއް ނުވާނެއެވެ!
ރުހޭ ބައަކު ރުހި، ރުޅި އަންނަ ބައަކު ރުޅި އައިނަމަވެސް ޙަޤީޤަތަކީ މިއީއެވެ.
ގެއަށް ގެނައި 2 މެޓައެވެ. އެއް މެޓާ އޮތީ ކަރުދާހުގައި ރަނގަޅަށް ބަންދުކޮށްފައެވެ. އަނެއް މެޓާއޮތީ ކަރުދާހުން ނަގައި އެއްވެސް ކަރުދާހެއް ނެތިއެވެ. އަވަހަށް ހިނިއަރާނީ ކޮން މެޓައަކަށް ހެއްޔެވެ؟"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ކަރުދާސް ނެތް މެޓައަށް އަވަހަށް ހިނިއަރާނެކަމުގެ މިސާލު ޑރ. އިޔާޟް ގެންނަވާފައި އެވަނީ އަންހެނުން އެކަނބަލުންގެ އަޢުރަ ނިވާކުރަންޖެހޭ ވަރަށް ނިވާ ނުކުރާނަމަ ގޯނާތައް ފަސޭހައިން އަމާޒުވަމުންދާނެކަން ބަޔާންކުރެއްވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ހަކުރު އެއްޗެއްގައި މަތިނުޖަހާނަމަ ފަސޭހައިން ހިނިއަރާނެކަން ބަޔާންކުރެއްވުމަށެވެ. މަތި ނުޖަހާ ބަހައްޓާފައި ހުއްޓާ ހިނި އެރުމުން ޝަކުވާކުރުމުގެ ބަދަލުގައި މަތިޖަހައި ރައްކާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވުމަށެވެ!
މިކަންކަން މުސްލިމް ނޫން ޤައުމުތަކުގައިވެސް މިހާރު ޤަބޫލުކުރެއެވެ. ނިވާކަން ކުޑަ ހެދުންލައިގެން ޢާންމުތަންތަނުގައި އުޅުން އަންނަނީ މަދުކުރަމުންނެވެ.