އަސްކަރީ ތަމްރީނުގައި ބަޑިޖެހާނެތީ ސަމާލުވާން އެމްއެންޑީއެފް އިން އެދިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
އަސްކަރީ ތަމްރީނުގައި ބަޑިޖެހާނެތީ ސަމާލުވާން އެމްއެންޑީއެފް އިން އެދިއްޖެ!

އަސްކަރީ ތަމްރީނުގައި ބަޑިޖެހާނެތީ ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދިއްޖެއެވެ.

މިކަމާގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ މާދަމާ އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށްށް ކޮންމެ ދުވަހެއްގެ ހެނދުނު 6 އަކުން ހަވީރު 6 އަށް ކުރިއަށްދާ ތަމްރީނުގައި ބަޑިޖަހާއިރު ވައިގެ ސަރަހައްދު ބޭނުންކުރާނެ ދުރުމިނަކީ 5000 މީޓަރު ކަމަށާއި އުސްމިނަކީ 100 މީޓަރު ކަމަށެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާނީ މެޝެން ފަޔާ ގަން އެވެ.

މި ހާއްސަ އަސްކަރީ ތަމްރީނު ކުރިއަށް ގެންދަނީ ހުޅުމާލޭގެ އިރުން 07 ނޯޓިކަލް މޭރު ބޭރުގައި އަދި ޅ. ވަން އެންޑް އޮންލީ ކަނުހުރާގެ އިރުއުތުރުން ފަސް ނޮޓިކަލް މޭލު ބޭރުގަ އެވެ.

 

 

މިއަދު އޮންލައިން