އައްޑޫ ސިޓީގެ ރައްޔިތުން ސަމާލުކަން އިތުރުކުރަން ޖެހިފަ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
އައްޑޫ ސިޓީގެ ރައްޔިތުން ސަމާލުކަން އިތުރުކުރަން ޖެހިފަ!

އައްޑޫ ސިޓީ ހިތަދޫއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޯވިޑްއަށް ޓެސްޓު ކުރި 38އަހަރުގެ ބިދޭސީ (ބަންގަލަދޭޝް) ފިރިހެނަކު ޕޮޒިޓިވްވެއްޖެއެވެ. މީނާގެ ޓެސްޓު ހަދާފައިވަނީ 8 އޮގަސްޓުގައެވެ.

މީނާ ކަރަންޓީނުގައި ހުރިކަމަށް މައުލޫމާތު ލިބިފައިވަނީ ލޭބަރކްއާޓަރެއްގައެވެ. އެހެންކަމުން މީނާ ޢާއި ގިނަބައަކު ކޮންޓެކްޓްވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި އެމީހުންނަކީ ޢާންމުންގެ ތެރޭގައިވެސް އުޅޭ، ފިހާރަތަކަށް ގޮސް އުޅޭ ބައެއްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

ވީމާ މިޙާލަތުގައި އައްޑޫސިޓީގެ ރައްޔިތުންގެ ސަމާލުކަން އިތުރުކުރަންޖހިފައިވާކަން ފާހަގަކުރެއެވެ. 

މައުލޫމާތު ލިބޭގޮތުން ރޭ ފޭދޫ އިން ޕޮޒިޓިވްވެފައިވަނީ މާލެއިން ސާމްޕަލް ނަގާފައިވާ މީހެކެވެ. އޭނާ ހުރިކަމަށްވަނީ ކަރަންޓީނުގައެވެ.

މިއަދު އޮންލައިން