ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

 

ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެ ޤައުމުގެ ރައްޔިތެއްގެ އަތުން ކަސްޓަމުން އަތުލައިގަނެފިއެވެ.

މިކަމާގުޅިގެން ކަސްޓަމްސް އިން ބުނެފައިވަނީ 2020 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 28 އަހަރުގެ ފިރިހެނެއްގެ ލަގެޖް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ތަޙްލީލްކުރިއިރު ކެނަބިސް (Cannabis) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށެވެ.

މީނާގެ ލަގެޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގްއާއެކު4.448  ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 3,558,400 (ތިން މިލިއަން ފަސް ލައްކަ ފަންސާސް އައްހާސް ހަތަރު ސަތޭކަ) ރުފިޔާއަށް އަރާނެކަމަށް  ކަސްޓަމްސް އިން ބުނެފައިވެއެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ވާކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން