ފާއިތުވި ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު 52 އިންސައްތަ ވަނީ ދަށްވެއްޖެއެވެ.
ކަސްޓަމްސް އިން ހާމަކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު ދިވެހިރާއްޖެއަށް 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދުވަނީ 2.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.
|
ތަފްޞީލް |
ނޮވެމްބަރ 2019 (ދިވެހި ރުފިޔާއިން) |
ނޮވެމްބަރ 2020 (ދިވެހި ރުފިޔާއިން) |
އިތުރުވި/ދަށްވި އިންސައްތަ |
|
ދައުލަތަށް ލިބުނު އާމްދަނީ |
303 މިލިއަން |
204 މިލިއަން |
33% ދަށް |
|
އެކްސްޕޯޓް ކުރެވުނު މުދާ (އެފް.އޯ.ބީ އަގު) |
417 މިލިއަން |
224 މިލިއަން |
46% ދަށް |
|
އިމްޕޯޓް ކުރެވުނު މުދާ (ސީ.އައި.އެފް އަގު) |
4.3 ބިލިއަން |
2.1 ބިލިއަން |
52% ދަށް |
ވޭތުވެދިޔަ ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްޞީލް
މީގެއިތުރުން، ފާއިތުވި ނޮވެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު 33 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު 303 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދުވަނީ 204 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.