ޑިސެމްބަރ މަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލުގެ އަގު މިދިޔަ އަހަރަށް ވުރެ ސާޅީސް އިންސައްތަ ދަށްވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޑިސެމްބަރ މަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލުގެ އަގު މިދިޔަ އަހަރަށް ވުރެ ސާޅީސް އިންސައްތަ ދަށްވެއްޖެ!

ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 40 އިންސައްތަ ދަށްވެއްޖެއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 2.6 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ. ވޭތުވެދިޔަ ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

މީގެއިތުރުން، ފާއިތުވި ޑިސެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 30 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު 359 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 252 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޫ.އޭ.އީ އަދި އިންޑިއާއެވެ. ޗައިނާ އަދި ޔޫ.އޭ.އީ އިން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 360 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. 

 

މިއަދު އޮންލައިން