ކަސްޓަމްސްގެ ހަތްދިހަ ހަތަރު އިންސައްތަ މުވައްޒަފުން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 44ސ
ކަސްޓަމްސްގެ ހަތްދިހަ ހަތަރު އިންސައްތަ މުވައްޒަފުން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި!

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ "ކޯވިޑް-19 ދިފާޢު" ކެމްޕޭނުގެ ދަށުން މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 74 އިންސައްތަ މުވައްޒަފުން "ކޮވިޝީލްޑް" ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ކަސްޓަމުން ބުނެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ އަދި ހުޅުމާލެ ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، އަތޮޅު ތެރޭގައި ޤާއިމްކޮށްފައިވާ ރީޖަނަލް ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނޭކަމަށެވެ.

އިތުރު މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން