ޢާއިޝަތު ރަފާޙް ޢަލީ
ސުވާލު: ޝައިޚްއެވެ! މީހަކަށް ރިޒުޤު ދަތިވެ، ކަންކަން ބެދިފައިވާނަމަ ހަދާނީ ކިހިނެއްތޯއެވެ؟ ވަރަށް ބޮޑަށް މަސައްކަތް ކުރުމުންވެސް ރަނގަޅު ވަޒީފާއެއް ނުލިބިއްޖެނަމަ، އެމީހަކު ކަންތައް ކުރަންވީ ކިހިނެއްތޯއެވެ؟
ޖަވާބު: އާދެ، އެކަށީގެންވާ ވަޒީފާއެއް ނުލިބިގެން ނުވަތަ ރިޒުޤު ދަތިވެ، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ މީހާ، ތިރީގައިމިވާ ކަންކަން ޤަބޫލުކޮށް ހިތުގެ އަޑިން ޔަޤީންކުރަން ޖެހެއެވެ.
އެހެންކަމުން އުއްމީދު ކަނޑާނުލާށެވެ. އަދި ﷲ އާމެދު ހެޔޮގޮތުގައި ވިސްނުން ބަހައްޓާށެވެ.
ތިބާ ސަޖިދަގައްޔާއި، ބަންގިއާއި ގަމަތާއި ދެމެދުގައްޔާއި، އަދި ރޭގަނޑުގެ ފަހު ތިންބައިގާ ގިނަގިނައިން ދުޢާކުރާށެވެ. އަދި ސަބަބުތަކުގައި ހިފާށެވެ. އަދި ﷲ ތިބާ އެދޭ ކަންތަކާއި، އޭގެ އިތުރަށްވެސް މާ އަވަހަށް ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ހިތުގައި ބާއްވާށެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން