ދިއްގަރުގައި އެމްއައިބީގެ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދިއްގަރުގައި އެމްއައިބީގެ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މ. ދިއްގަރުގައި އެ ބޭންކުގެ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިދެއްވީ މިއަދު ހެނދުނު ދިއްގަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާނާއި، އެމްއައިބީގެ އިސް ބައެއް ވެރިންނެވެ.

އެމްއައިބީން ވިދާޅުވީ ދިއްގަރުގައި މި ހުޅުވުނު އައު ފެސިލިޓީތަކުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. މިއީ އެ ބޭންކުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަންވެސް އެ ބޭންކުން ފާހަގަކުރިއެވެ.

މި ސޭލްސް ސެންޓަރު މެދުވެރިކޮށް ބޭންކުން ފޯރުކޮށްދޭ އެކި ކަހަލަ ފައިނޭންސިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި، އެކައުންޓް ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަދި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ.

މި އައު މަރުކަޒާއެކު ދިއްގަރުގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް އިސްލާމިކް ބޭންކިންގގެ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން