ކޮންމެ ފަރުޟް ނަމާދަކަށްފަހުވެސް ކުރުސި ނުކިޔަވައި ނުތެދުވާށެވެ! އެއީ ސުވަރުގެ ޔަޤީން ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ކޮންމެ ފަރުޟް ނަމާދަކަށްފަހުވެސް ކުރުސި ނުކިޔަވައި ނުތެދުވާށެވެ! އެއީ ސުވަރުގެ ޔަޤީން ޢަމަލެއް!

ބަސްފުޅެއްގައިވަނީ "ސުވަރުގޭގައި އެއްފައި އެޅުނަސް ސުވަރުގެ ވަދެވުނުކަމުގެ ޔަޤީންކަމެއް ނެތެވެ. ޔަޤީންކަން ލިބޭނީ ދެފައި އެކުގައި ސުވަރުގޭގައި އެޅި ސުވަރުގެ ވަދެވުމުންނެވެ." މިއީ ވަރަށް އަގުހުރި ބަސްފުޅެކެވެ. ވިސްނައި މަސައްކަތްކުރަންވީ އެކަމެއް ކުރުމުން ސުވަރުގެ ވައްދަވާނެކަން އެނގެން އޮތް ކޮންމެ ކަމެއްވެސް ކުރުމަށެވެ. އެކަމެއް މުރުމުގައި ދެމިހުރުމަށެވެ.  

ނަބިއްޔާ صلى الله عليه وسلم ކޮންމެ ނަމާދަކަށްފަހު އާޔަތުލް ކުރުސި ކިޔުމަށް ބާރުއެޅުއްވެވިއެވެ. 

އުމާމާ رضي الله عنه ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

»مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلَّا أَنْ يَمُوتَ« النسائي في “السنن الكبرى ” (9848)

މާނައީ: "ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ކުރުސި ކިޔައިފި މީހާ ދަންނައެވެ. މަރުވުން މެނުވީ އެހެން އެއްޗެއް އޭނާ ސުވަރުގެ ވަނުން މަނާނުކުރެއެވެ." 

މާނައީ ކޮންމެ ފަރުޟް ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔަވާ މީހާ ސުވަރުގެ ވައްދަވާނެކަމެވެ. އެމީޙާއަށް ސުވަރުގެ ލިބުމަށް ދަތިކަމެއް ނުވާނެ ކަމެވެ. އިން ޝާ ﷲ  

މިއީ ގިނަ ބައަކު ކުރަމުންގެންދާ ޢަމަލެކެވެ. ނަމަވެސް ގިނަ ބައަކު ފަރުވާކުޑަކޮށްލައި އަވަސްއަވަހަށް މިސްކިތުން ފައިބަންވެގެން ނުކޮށް ދޫކޮށްލައެވެ. އެގޮތަށް އެކަން ނުކުރާށެވެ. ކޮންމެ ފަރުޟު ނަމާދަކަށްފަހުގައިވެސް ޛިކުރްތަސްބީޙް ކިޔައިނުމުން އާޔަތުލްކުރުސި ކިޔަވާށެވެ! އަދި ނަމާދުގެ ފަހުސުންނަތްވެސް ކޮށްލައިގެން ފައިބާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން