ރޭއަޅުކަންކުރެވެން އޮތް އެންމެ ފަސޭހަ މަގު! އެންމެ ކުޑަމިނުން މިވަރުނުކުރެވޭ މީހަކީ ﷲ ގެ ރަޙްމަތަށް އެދޭމީހަކަށް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރޭއަޅުކަންކުރެވެން އޮތް އެންމެ ފަސޭހަ މަގު! އެންމެ ކުޑަމިނުން މިވަރުނުކުރެވޭ މީހަކީ ﷲ ގެ ރަޙްމަތަށް އެދޭމީހަކަށް ނުވެވޭނެ!

ރޭއަޅުކަންކުރާވާހަކަ ދައްކާއިރަށް އެކަން ނުކުރުމަކީ ކުރެވޭ ފާފައެއްތޯވެސް އެބަ ސުވާލުކުރެއެވެ. އެއީ ކުރާ ފާފައެއް ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އެއީ މީހަކަށް ލިބިގަނެވޭނެ އެންމެ ބޮޑު ދެރައެވެ.  

އެންމެ ރަނގަޅު ގޮތަކީ އެއީ ނަމަވެސް އަހުރެން މިބުނަނީ ރޭގަނޑުގެ ފަހުބައަށް އެޅުމުން ނިދިދޫކޮސްލާފައި ތެދުވާކަށެއްވެސް ނޫނެވެ. އަހުރެން މިބުނަނީ ފަތިސްވުމުގެ ކުޑަވަޤުތުކޮޅެއް ކުރިއަށް ހޭލުމަށެވެ. ހޭލައި ވުޟޫކޮށްލައި ފަސޭހަ މިންވަރަކަށް ރޭއަޅުކަން ކުރުމަށެވެ. ތިމާއަށް ބޭނުންވެގެން ހުރި ކަންކަމަށް އެދި ދުޢާކުރުމަށެވެ.  

އަހުރެން މިބުނަނީ އެންމެ ފަސޭހައިން ރޭއަޅުކަން ކުރެވެން އޮތްގޮތެވެ. ރޭގަނޑުގެ ނިދިވެސް ލިބި ރޭއަޅުކަންކުރެވޭނެ ގޮތެވެ. ކޮންމެ ގޮތެއްވިޔަސް ފަތިސްނަމާދަށް ހޭލަން އެބަޖެހެއެވެ. އެހެންކަމަށްވާއިރު ކުޑައިރުކޮޅެއްކުރިން ހޭލުމަކީ ބުރައަކަށް ހަދަންވީ ކީއްވެގެން ހެއްޔެވެ؟  

މިވަރު ނުކުރެވޭ މީހަކީ ﷲ ތަޢާލާގެ ރަޙުމަތަށް އެދޭމީހަކަށްނުވާނެތީއެވެ. އަހުރެމެންނަށް ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރެވެން އޮތީވެސް އަދި ޢާޚިރަތް ކާމިޔާބުކުރެވެން އޮތީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. ވީމާ އެންމެންވެސް އަހުރެންގެ މިނަޞީޙަތް ޤަބޫލުކުރާށެވެ. ދުނިޔެއާއި އާޚިރަތް ލިބިގަންނާށެވެ!

ރޭއަޅުކަންކުރުމުގެ މަތިވެރިކަން އެއޮތީ ޤުރްޢާނުގައި ބަޔާންކުރައްވަވައިފައެވެ. ރޭއަޅުކަންކުރާ މީހުންނަށް ފަޚުރުވެރިވެވޮޑިގަންނަވާކަމަށް އޮތުމުން ނުފުދެނީހެއްޔެވެ؟ މީހަކަށް ލިބޭނެ އެއަށްވުރެ ބޮޑު ނިޢުމަތަކީ ކޮބައިހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން