އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރާ މިނިސްޓަރު ޢަލީ ޝަރީފް، ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރާ މިނިސްޓަރު ޢަލީ ޝަރީފް، ބައްދަލުކުރައްވައިފި

މިނިސްޓަރު ޢަލީ ޝަރީފް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންތައްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައިވެއެވެ. ޚާއްޞަކޮށް، ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމުގައާއި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ އެއްބާރުލުން މިހާރަށްވުރެ ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކުރުމަށާއި، ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ދެ ފަރާތުންވެސް ފާހަގަކުރައްވާފައިވެއެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައުދީ ވަނީ މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ މަސައްކަތްތަކުގައި އެމްޓީސީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން މިނިސްޓަރު ޢަލީ ޝަރީފަށް އަރުވާފައެވެ. މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދެ މުއައްސަސާ ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ފުޅާވެ، ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން